މާފަންނުގައި ވަޅިން ބިރުދައްކައިގެން އިލެކްޓްރޯނިކް އާލާތްތައް ގެންދަން މަސައްކަތްކުރި ދެ މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފާޚާނާ ފަންލައިޓެއްގެ ތެރެއިން ގޭތެރެ އަށް ވަދެ ނިދާފައި އޮތް ދެމީހެއްގެ ކަރުގައި ވަޅި ޖައްސައިގެން ފޭރެން އުޅުނު ދެމީހުންނެވެ.
މި ދެމީހުންނަކީ މާލެއަށް ނިސްބަތްވާ އަޙްމަދު ވިޝާލް (30އ) އާއި ދަރަވަންދޫ ހުސައިން ޝާފިއު (32އ) އެވެ.
ފުލުހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިދާފައި ތިބި މީހުންނަށް އެމީހުން އިންޒާރު ވެސް ދިނެވެ. އެގޮތުން ދެކޮޅު ހަދާނަމަ މަރާލާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ. މޯބައިލް ފޯނާއި ލެޕްޓޮޕަކާއި އެހެނިހެން ތަކެތި އެމީހުން ފޭރުނުއިރު، މިތަކެތި ފެނިފައިވަނީ ފުލުހުން ހިންގި އޮޕަރޭޝަނުގައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.









