އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ ކަށުނަމާދު މަޣްރިބް ނަމާދަށް ފަހު

އަައިޝަތު ޒީނާ | 450 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 14:21
އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހް.
އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހް.
ޚުލާސާ

ސަމާހް ނިޔާވެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ އުރީދޫ ޢިމާރާތް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރަކުން އޭނާ ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި. މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިއްދީޤު (26އ).

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ހަސަން ސަމާހްގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށްފަހު ކުރުމަށް ހަމަޖައްސައިފިއެވެ.

ލ.އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް(23އ)ގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ސަމާހް ނިޔާވެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި ހުންނަ އުރީދޫ ޢިމާރާތް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރަކުން އޭނާ ދުއްވާފައި ދިޔަ ސައިކަލުގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ.

މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީސް ސަމާހް ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ކުރަން ޖެހޭ ތަހުޤީޤުތައް ފުލުހުން ކުރަމުން އަންނަ އިރު، ފުލުހުން މިއަދު ވަނީ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިއްދީޤު (26އ) އެވެ.

ސަމާހް އަކީ ކަރެކްޝަންގެ ދަށުން ހިންގަމުން އަންނަ މާފުށި ޖަލުގައި ޖަލުގެ އިމަޖެންސީ ސަޕޯޓް ގްރޫޕުގައި ވަޒީފާއަދާކުރަމުން އައި ފަރާތެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%