Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރެފިކް އެކްސިޑެންޓްތައް ގިނަވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ޤަވާޢިދުތަކަށް ބަދަލު ގެންނަނީ

ޓްރެފިކް އެކްސިޑެންޓްތައް ގިނަވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ޤަވާޢިދުތަކަށް ބަދަލު ގެންނަނީ

އަައިޝަތު ޒީނާ
685 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2024 15:49
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ރައީސް ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ، މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށާއި، މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް.

ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން ހަރުކަށި ފިޔަވަޅު އެޅުމަށް ޤާނޫނާއި ޤަވާޢިދުތަކަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްގައި ރޭ މެންދަމު ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ، މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންތައްތައް މި ސަރުކާރުން ކުރާނެ ކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރު އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސްގެ ޕޯސްޓުގައި ވަނީ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މި ދުނިޔެ ދޫކުރި އުމުރުން 23 އަހަރުގެ ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ކުރަން ޖެހޭ ތަހުޤީޤުތައް ފުލުހުން ކުރަމުން އަންނަ އިރު، ފުލުހުން މިއަދު ވަނީ އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި މީހާގެ ވަނަވަރު ހާމަކޮށްފައެވެ. އެގޮތުން މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިއްދީޤު (26އ) އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެކްސިޑެންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

15 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

22 ގަޑިއިރު ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38