Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުމުގެ މައްސަލައެއް ފެންމަތިވެއްޖެ

ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުމުގެ މައްސަލައެއް ފެންމަތިވެއްޖެ

މިފަދަ ޢަމަލެއް ރަށުގައި ހިނގާފައިވަނީ އެ ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އެނގުމެއް ނެތި. އާންމުވެފައިވާ ވީޑިއޯތަކުގެ މަންޒަރިތަކުން ފެންނަ ގޮތުގައި ބަރަހަނާ ފިލްމު ކުޅުމުގައި ބައިވެރިވި އެކަކު ހުރީ ބުރުގާ އަޅައިގެން. މިކަމާ ގުޅިގެން ރަށު ތެރޭގައި ނުރުހުން ފާޅުކޮށް ވަނީ އަޑުއުފުލާފައި..

761 ދުވަސް ކުރިން - 00:13

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ދިނުމަށް އެއްބަސްވެއްޖެ

މެލޭޝިއާއިން ރާއްޖެއަށް 561 ސްކޮލަރޝިޕް ދިނުމަށް އެއްބަސްވެއްޖެ

މި ސްކޮލަރޝިޕްތަކުގެ ތެރެއިން އެންމެ ގިނަ ފުރުސަތު ދެވިފައިވަނީ ސޯޝަލް ސައިންސަސް އެންޑް މެނޭޖްމަންޓް ދާއިރާއަށް. މި އެއްބަސްވުމުގެ ދަށުން، ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ކޯސް ފީގެ އިތުރުން ވިސާ އަދި އިދާރީ ކަންކަމުގައި ލުއިފަސޭހަކަން ލިބޭނެ.

761 ދުވަސް ކުރިން - 23:33

ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރަނީ

ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރަނީ

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ދުނިޔޭގެ ފެންވަރަށް ތަރައްޤީވެ، މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމާއި، މޫސުމާ ގުޅޭ ނުރައްކާތަކަށް ތައްޔާރުވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ.

762 ދުވަސް ކުރިން - 23:10

ޤައުމުގެ ދަރަނި އަރަންޏަށް ހެދުމަށް ޒުވާން ސިކުނޑިތައް ބޭނުންވޭ: ސަޢީދު

ޤައުމުގެ ދަރަނި އަރަންޏަށް ހެދުމަށް ޒުވާން ސިކުނޑިތައް ބޭނުންވޭ: ސަޢީދު

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި މި މަސައްކަތުގައި ޒުވާނުންގެ ދައުރު މުހިންމުކަމަށް އަދި ޤައުމު ބިނާކުރުމުގައި ޒުވާނުން ބައިވެރިވުމަށް ވަޒީރު ސައީދު ވަނީ ގޮވާލާފައި.

762 ދުވަސް ކުރިން - 23:07

ކޮމިއުނިކޭޝަން އޮތޯރިޓީ، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކޮމިއުނިކޭޝަން އޮތޯރިޓީ، ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

މި ބަދަލު ގެނެވިފައިވަނީ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން. ކުރިން އެ އޮތޯރިޓީ ހިންގަމުން އައީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ދަށުން.

762 ދުވަސް ކުރިން - 23:05

އޭލެވެލް ޓޮޕް ޓެން ޖަލްސާ ބުރާސްފަތި ދުވަހު ބާއްވަނީ

އޭލެވެލް ޓޮޕް ޓެން ޖަލްސާ ބުރާސްފަތި ދުވަހު ބާއްވަނީ

445 ދަރިވަރުންނާއެކު ދަރުބާރުގޭގައި ބާއްވާ "މަތީ އަރުތަވެރިންގެ އިނާމު" ޙަފްލާގައި އިނާމު ދޭނީ 2022-2023 ގެ މެއި/ޖޫން އިމްތިޙާނު ހެދި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް. އޭލެވެލް ޓޮޕް 10ގެ 1 ވަނަ 16 ދަރިވަރަކު ހޯދާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 6 ދަރިވަރުންނާއި ސީއެޗްއެސްސީގެ 6 ދަރިވަރުންނާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 4 ދަރިވަރުން.

762 ދުވަސް ކުރިން - 17:52

ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން ފޮނުވާ ތިންވަނަ ދަރިވަރަކީ އަލްހާފިޒް އަޒިން މުޙައްމަދު

ހާފިޒުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުގެ ދަށުން ފޮނުވާ ތިންވަނަ ދަރިވަރަކީ އަލްހާފިޒް އަޒިން މުޙައްމަދު

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މިނިސްޓްރީން ހާފިޒުން ޢުމްރާއަށް ފޮނުވުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، ޢުމްރާއަށް ފޮނުވޭ ތިންވަނަ ހާފިޒަކަށް އަލްހާފިޒް އަޒިން މުޙައްމަދު ހޮވިފައިވާ ކަމަށް. މި މަޝްރޫޢުގެ މަޤްޞަދަކީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ހިތްވަރުދިނުން ކަމަށް ޝަހީމް ވިދާޅުވި.

762 ދުވަސް ކުރިން - 17:38

ސައިކަލަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފި

ސައިކަލަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފި

އއ. އުކުޅަހުގައި ސައިކަލަށް 4 މީހުން އަރުވައިގެން ދުއްވި މީހަކު ހައްޔަރުކޮށްފި. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އެރަށު ޑޭޒީމާގެ، އަހްމަދު ނަސީމު (29އ). ފުލުހުން ބުނީ އޭނާ ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށްވެސް ހުރަސް އަޅައި، ސައިކަލު މަޑު ނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ކަމަށް.

762 ދުވަސް ކުރިން - 17:26

ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ސުލްތާނާ ޝާކިރު އައްޔަންކޮށްފި

ބަންޑާރަނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ސުލްތާނާ ޝާކިރު އައްޔަންކޮށްފި

ސިވިލް ސަރވިސް ކޮމިޝަނުން އެ މަޤާމަށް ސުލްތާނާ އައްޔަންކޮށްފައިވަނީ ބަންޑާރަނައިބުގެ އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހް. އެ ރަސްމިއްޔާތުގައި ބަންޑާރަނައިބު އަހުމަދު އުޝާމާއި، އެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައި.

762 ދުވަސް ކުރިން - 17:15

އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފި

ސިޓީތަކާއި އިދާރީ ހިންގުންތަކާ ބެހޭ ވުޒާރާއިން ބުނީ އިއްޔެ އަލިފާނުގެ ޙާދިސާ ހިނގި ކެފޭ ހުރި ހ. ނޫހިމެރިގެ ތަޅާލުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން މިއަދު ފަށާފައިވާ ކަމަށް. ނަމަވެސް އެ މަސައްކަތް ނިންމޭނެ ވަކި ތާރީޚެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވޭ.

762 ދުވަސް ކުރިން - 17:01

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަނީ

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ވަރަށް އަވަހަށް ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީޚަކީ ކޮބާ ކަމާމެދު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް. ނަމަވެސް ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްޞީލެއް ހީނާ ޙިއްސާކުރައްވާފައެއް ނުވޭ.

762 ދުވަސް ކުރިން - 16:49

ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހު 15 ގައި ބާއްވަނީ

ދީނީ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހު 15 ގައި ބާއްވަނީ

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް. މި ބައްދަލުވުމުގައި އޮންލައިންކޮށްވެސް ބައިވެރިވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި.

762 ދުވަސް ކުރިން - 16:27

Previous12345Next