މަތީ ތަޢުލީމާބެހޭ ވުޒާރާއިން ޚިދުމަތް ހޯދުން ފަސޭހަކޮށްދިނުމަށް ތައާރަފްކޮށްފައިވަނީ ފަސޭހައިން ގުޅޭނެ ޝޯޓު ކޯޑު ނަންބަރެއް. މި ނަންބަރަކީ 1474.
761 ދުވަސް ކުރިން - 14:39
ބާ ކައުންސިލުގައި ބަންޑާރަނައިބު ނުހިމެނޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަހުގެ 3 ވަނަ ދުވަހު ތަސްދީޤު ކުރައްވާފައި. މި އިސްލާހަކީ ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތް އިސްލާހެއް.
761 ދުވަސް ކުރިން - 14:37
މަސްވެރިންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އެއް ވަޢުދުފުޅު. މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ އެންމެ އިސްކަންދޭ އަދި މުހިންމު އެއް މަޝްރޫޢު ކަމުގައި ފާހަގަކުރެވޭ.
761 ދުވަސް ކުރިން - 14:35
މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުނި. އަދި ޤަވާޢިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުން ހުއްޓުވައި ބަލައިފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ޙިއްސާކުރާނެ ކަމަށް ފުލުހުން ބުނި.
761 ދުވަސް ކުރިން - 14:01
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށްވާ އެމްޑީ ކާލޫ. މި އޮޕަރޭޝަނުގައި 144 ދަޅު އަދި 4 ފުޅި ބަނގުރާ ހިފަހައްޓާފައިވޭ.
761 ދުވަސް ކުރިން - 13:55
ޚަލީލް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 19 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އިންތިޚާބުތަކަށް މިއަދު ޢިއުލާނު ކުރެވިގެންދާނެ ކަމަށް. މި އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާނެ ދާއިރާގެ ރައީސެއް އަދި ނައިބު ރައީސެއް ހޮވުމަށް ބާއްވާ އިންތިޚާބެއް.
761 ދުވަސް ކުރިން - 13:53
އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ގެތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައި، 13 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ތޮއްޖެހިފައިވާ ދިރިއުޅޭ ތަންތަނަށް
761 ދުވަސް ކުރިން - 13:23
ކާރުގެ ބަދަލުގައި ސައިކަލު ބޭނުންކުރުމުން އެކްސިޑެންޓް ހިނގާ ސަރަހައްދަށް އަވަހަށް ދެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ޓްރެފިކް ފްލޯ އަވަހަށް ހަމައަކަށް އެޅޭނެކަމަށް ޗީފް އިންސްޕެކްޓަރު ލުޠުފީ ވިދާޅުވެފައިވޭ
761 ދުވަސް ކުރިން - 13:20
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯވާރޭއާއި ގުގުރުމާއެކު ވިއްސާރަ ކުރާނެމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެކަމަށާއި އަދި ކަމަދެކުނުގައި ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވޭ.
761 ދުވަސް ކުރިން - 13:09
ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާން ކުރި ގޮތުގައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ %43.6 ނިމިފައިވާއިރު، ސެޕްޓެމްބަރ 30، 2026 ގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ބެލެވެއެވެ.
761 ދުވަސް ކުރިން - 12:44
ތިލަމާލެ ބްރިޖު މަޝްރޫއުގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމިޓީ ބައްދަލުވުމުގައި މަޝްރޫއުގެ ކުރިއެރުންތަކާއި ޓެކްނިކަލް މަޝްވަރާތައް ކުރެވުނު މި ބައްދަލުވުމުގައި، ރާއްޖެއަށް ތަޢާރަފްކުރެވިދާނެ އައު އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު. މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ މި ބްރިޖުގެ ދިގުމިނަކީ 6.9 ކިލޯމީޓަރު.
761 ދުވަސް ކުރިން - 11:45
މަރުވެފައި އޮއްވާ ފެނުނީ ޑޭޒީފެހިގެ މުހައްމަދު ހަސަން ނަމަކަށް ކިޔާ 36 އަހަރުގެ ޒުވާނެއް. އޭނާގެ ހަށިގަނޑު ފެނުނީ މިއަދު 8:20 ހާއިރު.
761 ދުވަސް ކުރިން - 09:56