މި ޕްރޮގްރާމަކީ މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެއް. ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ. އަދި ރަމަޟާން މަހުގެ ބޯނަހާއި އަހަރީ ޗުއްޓީ ވެސް ލިބޭނެ.
761 ދުވަސް ކުރިން - 17:11
ތައިލެންޑުގެ ވޭސްޓް މެނޭޖްމަންޓް ސަޔާމް ފެސިލިޓީއަށް ޒިޔާރަތްކޮށް ކުނި މެނޭޖްކުރުމުގެ އެންމެ ރަނގަޅު އުސޫލުތަކާއި ގޮތްތައް ދަސްކުރުމަށް މަޝްވަރާކޮށްފި. މި ދަތުރުން ލިބުނު މަޢުލޫމާތު ދިވެހިރާއްޖޭގައި ކުނި މެނޭޖނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންކުރެވޭނެ ކަމަށް ސަރުކާރުން ބުނޭ.
761 ދުވަސް ކުރިން - 17:04
މަރުހޫމް ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ 45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވާފައި. އޭނާގެ ފާހަގަކޮށްލެވޭ މަޤާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ސެކްރެޓަރީކަމާއި، ޏ. އަތޮޅުގެ އަތޮޅުވެރިކަން ހިމެނޭ.
761 ދުވަސް ކުރިން - 17:02
114 މީހުން ސޮއިކޮށް ރައީސަށް ފޮނުވާފައިވާ ޕެޓިޝަނުގައި ބުނެފައިވަނީ ރަތްމަންދޫއަކީ އާބާދީ މަދު ރަށަކަށް ވުމާއި، އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ނުލިބޭ ރަށަކަށް ވާތީ، ފުރުސަތުތައް ފަހި އާބާދީއަކަށް ހިޖުރަކުރަން ބޭނުންވާ ކަމަށް. އަދި ސަރުކާރުން ޢިއުލާނުކޮށްފައިވާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު އޮތް ނަމަ އެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެދި ސަރުކާރުގައި އެދުމަށްވެސް ޕެޓިޝަނުގައި ވަނީ އެދިފައި.
761 ދުވަސް ކުރިން - 16:56
މިހާރުގެ ރެކޯޑްތަކުން އެ ޕާޓީގެ މެންބަރުންގެ އަދަދު 30،000 އަށް އަރާއިރު، ފަލާހު ވިދާޅުވީ އިތުރު 20،000 ފޯމު ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް
761 ދުވަސް ކުރިން - 16:16
ފަލާހް ވިދާޅުވީ އެ ޕާޓީން މިހާރު ތައްޔާރުވަމުން އަންނަނީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބަށް ކަމަށާއި އެ ޕާޓީ ވެގެންދާނީ މި އަހަރުގެ ނޮވްމްބަރު މަހުގެ ނިޔަލަށް މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ ބޮޑު ޕާޓީއަށް ކަމަށް. އެގޮތުން ނޮވެމްބަރުގެ ނިޔަލަށް ޕީއެންސީއަކީ 75000 މެމްބަރުން ހިމެނޭ ޕާޓީއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފަލާހް ވިދާޅުވި.
761 ދުވަސް ކުރިން - 16:12
ޤައުމީ އިނާމު ދޭއިރު ހާފިޒުންގެ ދަރަޖައަކަށް ނުބަލާނެ.. މީގެ ކުރިން ޤައުމީ އިނާމް ދެމުން އައީ ހަމައެކަނި 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް. މިއަހަރު 25 ޙާފިޡަކަށް މި އިނާމް ލިބޭނެ، މި އިނާމް ދޭނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވާ ޖަލްސާގަ
761 ދުވަސް ކުރިން - 15:50
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގާ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމުގެ ތެރެއިން މިވަގުތު ތަމްރީނު ދެމުން އަންނަނީ ނ، ރ، ފ، ދ، ތ އަދި ލ އަތޮޅުގެ އިމާމުންނަށް. މިހާތަނަށް މި މަޝްރޫޢުގެ ދަށުން 157 އިމާމުން ވަނީ ތަމްރީނުކޮށްފަ.
761 ދުވަސް ކުރިން - 15:37
ފުލުހުން ބުނީ އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް. އެރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނިފައިވަނީ ގޭގެ ކުނި ނަގަން ގޭތެރެއަށް ވަން ބިދޭސީންތަކަކަށް.
761 ދުވަސް ކުރިން - 15:18
މިއީ އެއްވެސް ސަރުކާރަކަޤ މިހާތަނަށް ކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް، ރާއްޖޭގެ ސަބްސިޑީސް ނިޒާމް ހަރުދަނާ ކުރެއްވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިކަން ރިފޯމް ކުރެވި ދައުލަތުގެ ބަޖެޓަށް ސަބްސިޑީގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ލިބެމުންދާ ގެއްލުން ހުއްޓުވޭނެ
761 ދުވަސް ކުރިން - 15:17
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ޖުމްލަ 291 އުޅަނދު ބަލައިފާސްކޮށް 76 އުޅަނދަކާމެދު ފިޔަވަޅު އަޅާފަޅާފައިވޭ. 39 އުޅަނދު ޓޯކޮށްފައިވޭ. ނުރައްކާތެރިކޮށް ދުއްވުމާއި ލައިސަންސް ނެތި ދުއްވުމުގެ މައްސަލަތަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައިވޭ
761 ދުވަސް ކުރިން - 15:11
ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އުތުރުގެ 5 ރަށެއްގައި ގްރީންހައުސް އެޅިގެންދާނެ. މިހާތަނަށް 12 ރަށެއްގައި ގްރީންހައުސްތައް ވަނީ ޤާއިމްކޮށްފައި. މި ޕްރޮގްރާމްގެ މަޤްޞަދަކީ ޒަމާނީ ގޮތަކަށް ދަނޑުވެރިކަން ކުރުމާއި، ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކުރުވުން،
761 ދުވަސް ކުރިން - 15:06