ރައްޔިތުންގެ މަޖިލީހުިލީހުގެ ކުރީގެ މެންބަރު އަދި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި ތަޢުޒިޔާ ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ 45 އަހަރަށްވުރެ ގިނަ ދުވަހު ދަޢުލަތަށް ޚިދުމަތްކުރައްވާފައެވެ. އޭނާގެ ފާހަގަކޮށްލެވޭ މަޤާމުތަކުގެ ތެރޭގައި ރައީސް އޮފީހުގެ ސެކްރެޓަރީކަމާއި، ޏ. އަތޮޅުގެ އަތޮޅުވެރިކަން ހިމެނެއެވެ. މީގެ އިތުރުން، އެޓޮލްސް މިނިސްޓްރީގެ އިސް މަޤާމުތަކެއްވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
2008 ވަނަ އަހަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އެޓޮލްސް ޑިވެލޮޕްމަންޓް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމުގައެވެ. އޭނާގެ ދިގު މުއްދަތުގެ ޚިދުމަތަށް ބަލައި، މިދިޔަ އަހަރު ޤައުމީ އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.
ރައީސް މުޢިއްޒުގެ ތަޢުޒިޔާގައި، ޢަބްދުލްޢަޒީޒް ޢަބްދުﷲ ގެ ދިގު މުއްދަތުގެ ޚިދުމަތާއި ޤައުމަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވެއެވެ. އަދި މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.









