Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިނަމާލެ ބްރިޖް ޕެޓްރޯލް ކުރުމަށް ފުލުހުން ސައިކަލު ބޭނުންކުރަން ފަށައިފި

ސިނަމާލެ ބްރިޖް ޕެޓްރޯލް ކުރުމަށް ފުލުހުން ސައިކަލު ބޭނުންކުރަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
725 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 13:20
ސިނަމާލެ ބްރިޖް / ފޮޓޯ: ޚުލާސާ
ސިނަމާލެ ބްރިޖް / ފޮޓޯ: ޚުލާސާ
ޚުލާސާ

ކާރުގެ ބަދަލުގައި ސައިކަލު ބޭނުންކުރުމުން އެކްސިޑެންޓް ހިނގާ ސަރަހައްދަށް އަވަހަށް ދެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ޓްރެފިކް ފްލޯ އަވަހަށް ހަމައަކަށް އެޅޭނެކަމަށް ޗީފް އިންސްޕެކްޓަރު ލުޠުފީ ވިދާޅުވެފައިވޭ

ސިނަމާލެ ބްރިޖް ޕެޓްރޯލް ކުރުމަށް ފުލުހުން ސައިކަލު ބޭނުންކުރަން ފަށައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުޙައްމަދު ލުޠުފީއެވެ.

ޗީފް އިންސްޕެކްޓަރު ލުޠުފީ ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަކީ އެކްސިޑެންޓް އެންމެ ގިނައިން ހިނގާ ސަރަހައްދެވެ. އެހެންކަމުން، ކާރުގެ ބަދަލުގައި ސައިކަލު ބޭނުންކުރުމުން އެކްސިޑެންޓް ހިނގާ ސަރަހައްދަށް އަވަހަށް ދެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ޓްރެފިކް ފްލޯ އަވަހަށް ހަމައަކަށް އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެފަދަ އެކްސިޑެންޓުތައް މަދު ކުރުމަށް ބްރިޖުގައި ޕެޓްރޯލުކުރުން ހަރުދަނާ ކުރުމަށް މަސައްކަތުގެ ތެރެއިން މިހަފުތާ ނިމުމުގެ ކުރިން ބްރިޖް ޕެޓްރޯލް ކުރުމަށްޓަކައި ފުލުހުން ސައިކަލު ބޭނުން ކުރަން ފަށާނެ. ބްރިޖުގައި ޕެޓްރޯލު ކުރުމަށް ސައިކަލު ބޭނުން ކުރަން ފެށުމުން އިތުރު ފަސޭހަތަކެއް ލިބޭނެ. ބްރިޖް އަރިމަތީގައި ޕާކުކޮށްގެން ފޯނުކުރުން ފަދަ ކަންކަމުގައި މަޑުކޮށްގެން ތިބޭ މީހުން ފޮނުވާލަން އޭރުން ފަސޭހަވާނެ."، ލުތުފީ ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ސައިކަލު ބޭނުންކުރުމުގެ ސަބަބުން ފުލުހުންގެ ހަރަކާތްތައް އިތުރުވެ، ކުށްކުރާ ފަރާތްތައް ދެނެގަނެވޭނެ ކަމަށް ވެސް ޗީފް އިންސްޕެކްޓަރު ލުޠުފީ ފާހަގަކުރެއްވިއެވެ.

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން ފުލުހުން 24 ގަޑިއިރު ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށްވެސް ޗީފް އިންސްޕެކްޓަރު ލުޠުފީ ހާމަކުރެއްވިއެވެ.

ސިނަމާލެ ބްރިޖުމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

8 ގަޑިއިރު ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

19 ގަޑިއިރު ކުރިން - 13:20

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

3 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

4 ދުވަސް ކުރިން - 14:41