މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯވާރޭއާއި ގުގުރުމާއެކު ވިއްސާރަ ކުރާނެމަށާއި އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓުން ބުންޏެވެ.
މިއަދުގެ މޫސުމާ ގުޅޭގޮތުން މެޓް އިން އިތުރަށް ހާމަކުރި ގޮތުގައި، ދެކުނުގައި ގަޑިއަކު 5-15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން، ކަނޑުގެ ޙާލަތާ ބެހޭގޮތުން މެޓް އިން ބުނީ ކަނޑު އާދައިގެ ވަރަކަށް މަޑު ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި ރާޅުގާޅުގެ އުސްމިން 2-5 ފޫޓުގައި ހުންނާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
މި މޫސުމީ ޙާލަތާ ގުޅިގެން، މެޓް އިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި އާންމު ރައްޔިތުންނަށްވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.



