Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ %44 ނިމިއްޖެ

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ %44 ނިމިއްޖެ

އުސްތާޛް އަލީ އާދަމް
724 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2024 12:44
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ %44 ނިމިއްޖެ
ޚުލާސާ

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާން ކުރި ގޮތުގައި ގްރޭޓަރ މާލޭ ކަނެކްޓިވިޓީ މަޝްރޫޢުގެ %43.6 ނިމިފައިވާއިރު، ސެޕްޓެމްބަރ 30، 2026 ގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް ބެލެވެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފައިވާ ގޮތުގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ %43.6 ނިމިއްޖެއެވެ. 

އިންޑިއާގެ ހައިކޮމިޝަނަރު މުނު މަހާވަރު އާއި އިސް އޮފިޝަލުންނާ އެކު މނިސްޓަރ ޑރ.މުއްޠަލިބު ވަނީ އެ މަޝްރޫއު ކަނޑައެޅިފައިވާ މުއްދަތަށް ނިމޭތޯ ބެލުމަށް ސްޓްރެޓެޖިކް މަޝްވަރާތަކެއް ބާއްވައިފަ އެވެ. މާލެއިން ގުޅީފަޅާ ހަމައަށް ގުޅީފަޅުން ތިލަފުށްޓާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ކަމަށް ބެލެވެނީ ސެޕްޓެމްބަރު 30، 2026 ގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީ އިން ލަފާކުރެއެވެ.

ރާއްޖޭގައި މިވަގުތު ކުރިޔަށްދާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަސައްކަތް ކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) އިން 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭ ސިސްޓަމެއް މެދުވެރިކޮށް މުހިއްމު ހަތަރު ރަށް ކަމަށްވާ މާލޭ، ވިލިނގިލީ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލާނެއެވެ. އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މި މަޝްރޫއުގެ މަގުސަދަކީ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ގުޅުމެއް އުފެއްދުން ކަމަށް މި ޕްރޮޖެކްޓާއި ޙަވާޅުވެގެން ހުރި ކުންފުނީގެ ވެބްސައިޓުގައި ލިޔެފައި ވާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement 1

އާ ބްރިޖުގެ މުހިންމު ސިފަތަކުގެ ތެރޭގައި ހިމެނެނީ؛

  • ރަށްތަކުގެ މެދުގައިވާ ފުން ޗެނަލްތައް ހުރަސްކޮށް 140 މީޓަރުގެ ތިން ނޭވިގޭޝަން ބްރިޖް
  • ފުން ކަނޑުގައި 4.1 ކިލޯމީޓަރުގެ ކަނޑުގެ ވިއަޑަކްޓެއް.
  • ފަޅު ފެނުގައި ނުވަތަ ބިމުގައި 3.2 ކިލޯމީޓަރުގެ ކަނޑުގެ ވިއަޑަކްޓެއް.
  • ރަށްތައް ގުޅުވައިދޭ މަގުތަކުގެ 9.6 ކިލޯމީޓަރު.

ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގައި އިރުގެ ހަކަތައިން މަގުތަކާއި ދަތުރުފަތުރުގެ މަގުތަކާއި ސީސީޓީވީ ސިސްޓަމްތަކާއި އާކިޓެކްޗަރަލް ފީޗާސް ފަދަ ސްޓްރަކްޗަރތަކަށް ކަރަންޓް ދޭނެ އެވެ. އަދި ކޮންމެ ރަށެއްގައި ވެސް ބަސް ޓާމިނަލްތައް ބަހައްޓައި، މުހިއްމު ޖަންކްޝަންތަކުގެ ކައިރީގައި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ގާއިމް ކުރާނެއެވެ.

މި މަޝްރޫއުގެ ވަގުތީ ސްޓްރަކްޗަރތަކުގެ ރައްކާތެރިކަމާއި ފައިދާހުރިކަން ކަށަވަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓެމްޕަރަރީ ވޯކްސް ޗެކަރ ބީޖީ އެންޑް އީ އަށެވެ. އޭގެ ތެރޭގައި ދަގަނޑު ބްރިޖްތަކާއި، ޕައިލް ކުރުމަށް ބޭނުންކުރާ ޕްލެޓްފޯމްތަކާއި، ޕައިލް ކެޕް ކޮފަރޑޭމްތަކާއި، ޖެޓީތަކާއި، ބާޖުން ބްރިޖް ސެގްމަންޓްތައް ގެންދިއުމުގެ ނިޒާމުތައް ހިމެނެއެވެ.

ޖީއެމްސީޕީގެ މި މަސައްކަތް ނިމުމުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގުޅީފަޅު ބަނދަރާއި ތިލަފުށީ އިންޑަސްޓްރިއަލް ޒޯން ފަދަ މުހިންމު ބަނދަރުތަކާއި ސިނާއީ ސަރަހައްދުތަކާ ގުޅުވައިދޭ މުހިންމު އިގްތިސާދީ އަދި ދަތުރުފަތުރުގެ މި ޗެނަލްގެ ބޭނުން ހިފާނެއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

160 ދުވަސް ކުރިން - 22:11

އިންޑިއާގެ ޓީމަކުން ތިލަމާލެ ބްރިޖްގެ މަސައްކަތް ބަލައިފި

އިންޑިއާގެ ޓީމަކުން ތިލަމާލެ ބްރިޖްގެ މަސައްކަތް ބަލައިފި

580 ދުވަސް ކުރިން - 15:02

މުއްޠަލިބް، ސައުދީގެ ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މުއްޠަލިބް ސައުދީގެ ހައުސިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

580 ދުވަސް ކުރިން - 10:47

ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ހިދުމަތްތައް ގާއިމްކުރުން ޗައިނާގެ ސީއެމްއީސީ އަށް!

ގުޅީފަޅުގެ މަގުތައް ހަދަން ޗައިނާގެ ސީއެމްއީސީއަށް

607 ދުވަސް ކުރިން - 13:28

ރަސްމީ ފާލަމުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިމޭނެ: މިނިސްޓަރު މުއްތަލިބް

ރަސްމީފާލަމުގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިމޭނެ

612 ދުވަސް ކުރިން - 14:18

އިވެންޓުތައް ބާއްވަން ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ދަރުބާރުގެ ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

613 ދުވަސް ކުރިން - 13:30