އިމިގްރޭޝަނުން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ފަށައި، ތިން ގެއެއް ބަލައި ފާސްކޮށް 13 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. އާންމުންގެ ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް އުޅޭ މީހުން ހޯދުމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހިމާޔަތްދޭ ފަރާތްތައް ނުވަތަ އެމިސްމީހުންގެ ގެތަކުގައި ބަހައްޓައިގެން އުޅުމަކީ ކުށެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

އިމިގްރޭޝަނުން މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދާދި ފަހުން ގެއެއްގައި އަލިފާން ރޯވެ، ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ އާންމުންގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.









