ކުޅުދުއްފުށީ ސިޓީގެ މޫދުން މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދުގެ ހެނދުނު 8:20 ހާއިރުއެވެ.
މަރުވެފައި އޮއްވާ ފެނުނީ ޑޭޒީފެހިގެ މުހައްމަދު ހަސަން ނަމަކަށް ކިޔާ ޒުވާނެކެވެ.
ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީގެ ހޮސްޕިޓަލްގައެވެ.
އޭނާ އަކީ ކުޅުދުއްފުށީ ސިޓީ ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ ޑިޕާޓްމަންޓުން ފަރުވާ ހޯދަމުން އަންނަ ޒުވާނެއް ކަމަށް ޚުލާސާ އަށް ވަނީ ކަށަވަރު ވެފައެވެ.









