Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓް ހިދުމަތް ފަށައިފި: މިއީ މާލެއިން ބޭރުގައި މި ހިދުމަތް ފެށި ފުރަތަމަ ފަހަރު

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓް ހިދުމަތް ފަށައިފި: މިއީ މާލެއިން ބޭރުގައި މި ހިދުމަތް ފެށި ފުރަތަމަ ފަހަރު

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 27 ޖުލައި 2026 15:54
ކުޅުދުއްފުށި ސިޓީގައި ޕިކްޕޯސްޓް ހުޅުވަނީ. / ފޮޓޯ: ޕޯސްޓް އޮފީސް
ކުޅުދުއްފުށި ސިޓީގައި ޕިކްޕޯސްޓް ހުޅުވަނީ. / ފޮޓޯ: ޕޯސްޓް އޮފީސް
ޚުލާސާ

ޕޯސްޓްގެ ހިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގު، ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފަ. މި ހިދުމަތާއެކު ރައްޔިތުންނަށް ޕޯސްޓްގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ޕޯސްޓް އޮފީހުން ބުނޭ.

މޯލްޑިވްސް ޕޯސްޓްގެ ހިދުމަތްތައް ޒަމާނީކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުޅުދުއްފުށީ ސިޓީގައި "ޕިކްޕޯސްޓް" ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މާލެ ސިޓީން ބޭރުގައި މި ހިދުމަތް ތަޢާރަފުކުރި ފުރަތަމަ ފަހަރެވެ.

މި ހިދުމަތާއެކު، ކުޅުދުއްފުށީ ސިޓީގައި ކުރިން ދެމުންދިޔަ ޕޯސްޓްގެ ހިދުމަތްތައް މިހާރު ވަނީ އެ ސިޓީގެ ބަންޑާރަމަގު، ސީނާ ބިލްޑިންގްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. މި އިމާރާތަކީ ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނީ ބިނާ ކައިރީގައި ހުންނަ އިމާރާތެކެވެ. މި ބަދަލުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް ޕޯސްޓްގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

ޕިކްޕޯސްޓް ހިދުމަތުގެ އެންމެ ބޮޑު އެއް ފައިދާއަކީ، ޕާރުސަލް ނެގުމަށްޓަކައި ކިއުއެއްގައި މަޑުކުރަން ނުޖެހުމެވެ. މޯލްޑިވްސް ޕޯސްޓުން ފޮނުވާ މެސެޖުގައިވާ ވަގުތުގެ ތެރޭގައި، ކަސްޓަމަރަށް ފަސޭހަ ކޮންމެ ވަގުތެއްގައި އައިސް އަމިއްލައަށް ޕާރުސަލް ނެގުމުގެ ފުރުސަތު މި ނިޒާމުގެ ތެރެއިން ލިބިގެންދާނެއެވެ.

Advertisement

Advertisement 1

މި ހިދުމަތުގެ އިތުރުން، ކުރިއެކޭވެސް އެއްފަދައިން ރާއްޖޭގެ އެހެން ރަށްތަކަށާއި ރާއްޖެއިން ބޭރުގެ ގައުމުތަކަށް ޕޯސްޓް ފޮނުވުމުގެ ހިދުމަތްވެސް ކުޅުދުއްފުށީ ޕޯސްޓް އޮފީސް މެދުވެރިކޮށް ލިބޭނެއެވެ. އަދި ދިވެހި އުފެއްދުންތެރިންނަށް ހާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ތަކެތި ވިއްކާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި، އެ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް އިތުބާރާއެކު ރައްދުކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން "އީޓުކުރި ލޯކަލް" ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ޚިދުމަތްތައް މިހާރު ލިބިގެންދާނެއެވެ.

މޯލްޑިވްސް ޕޯސްޓުން ހާމަކުރި ގޮތުގައި، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ވިޔަފާރި ފަހިކޮށްދޭ މުހިންމު ފަރާތެއްގެ ގޮތުގައި އެ ކުންފުނިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ޒަމާނީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވްސް ޕޯސްޓްކުޅުދުއްފުށި ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

14 ދުވަސް ކުރިން - 22:01

މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޝިޕްމަންޓްތަކުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް ޕޯސްޓުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

27 ދުވަސް ކުރިން - 22:02

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

60 ދުވަސް ކުރިން - 00:16

ރަމަޟާން މަހުގެ ފަހު ދިހައިގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ހިލޭ އަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި އަތުލައިގަނެފި

އާތިފް ހިލޭއަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި ނެރެލައިފި

131 ދުވަސް ކުރިން - 13:57

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

165 ދުވަސް ކުރިން - 21:09

ކުޅުދުއްފުށީ ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

176 ދުވަސް ކުރިން - 12:17