Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޝިޕްމަންޓްތަކުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
114 ދުވަސް ކުރިން - 30 ޖޫން 2026 22:02
މޯލްޑިވްސް ޕޯސްޓް އޮފީހުގެ އޮފީސް---
މޯލްޑިވްސް ޕޯސްޓް އޮފީހުގެ އޮފީސް---
ޚުލާސާ

އަގުހުރި އިނާމުތަކުގެ ތެރޭގައި؛ ފުރަތަމަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ޕޯޗުގަލް ގައުމީ ޓީމުގެ ޖާރޒީއެއް. ދެވަނަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ފްރާންސް ގައުމީ ޓީމުގެ ޖާރޒީއެއް. މުޅި އިވެންޓްގެ ގްރޭންޑް ވިނަރއަށް: ފީފާ ވޯލްކަޕް ހިސްޓޮރީ ބޯލް ސެޓަކާއި، 20 ކިލޯގެ ތަކެތި ހިލޭ ފޮނުވޭނެ އީއެމްއެސް ވައުޗަރެއް.

ކުރިއަށްދާ ފީފާ ވޯލްކަޕް 2026 އާ ގުޅިގެން، މޯލްޑިވްސް ޕޯސްޓްގެ އެކްސްޕްރެސް މެއިލް ސަރވިސް (އީއެމްއެސް) އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. 19 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، ރާއްޖެއިން ބޭރަށް ފޮނުވާ ކޮންމެ އީއެމްއެސް ޝިޕްމަންޓަކުން %26 ގެ ބޮޑު ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އެކްސްޕްރެސް މެއިލް ސަރވިސް ނުވަތަ އީއެމްއެސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކަށް 3 ދުވަހާއި 5 ރަސްމީ ދުވަހުގެ ތެރޭގައި ތަކެތި ފޯރުކޮށްދޭ އަވަސް ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް ދުނިޔޭގެ 177 ގައުމަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު އޮންނައިރު، މޯލްޑިވްސް ޕޯސްޓްގެ ކޮންމެ އައުޓްލެޓަކުންވެސް މި ހިދުމަތް ލިބިވަޑައިގަންނަވާނެއެވެ. އަދި ތަކެތި ފޮނުވުމުގެ ކުރިން، މޯލްޑިވްސް ޕޯސްޓްގެ ވެބްސައިޓުގައިވާ "ޕޯސްޓޭޖް ކަލްކިއުލޭޓަރ" މެދުވެރިކޮށް އަގުތައް ބަލާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ޑިސްކައުންޓް ޕްރޮމޯޝަންގެ އިތުރުން، ވޯލްކަޕަށް ފޯރި އިތުރުކުރުމުގެ ގޮތުން "ސްކޯ ޕްރިޑިކްޝަން" މުބާރާތެއްވެސް މޯލްޑިވްސް ޕޯސްޓުން ވަނީ ރާވާފައެވެ. މި މުބާރާތް ކުރިއަށްދާނީ އެ ކުންފުނީގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖްތަކުގައެވެ. މުބާރާތުގައި ބައިވެރިވުމަށްޓަކައި، ކޮންމެ މެޗެއްގެވެސް ދެވަނަ ހާފު ފެށުމުގެ ކުރިން، އެ މެޗަކަށް ހާއްސަކޮށްފައިވާ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި މެޗު ނިމޭނެ ކަމަށް ލަފާކުރާ ސްކޯ ޖަހަންޖެހޭނެއެވެ. ދެވަނަ ހާފު ފެށުމަށްފަހު ކުރާ ކޮމެންޓްތަކާއި، އެޑިޓްކޮށްފައިވާ ކޮމެންޓްތައް ބާތިލުވާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން މައުލޫމާތުދެއެވެ.

Advertisement

Advertisement 1

މި މުބާރާތުން އެންމެ ގިނައިން ސްކޯ ދިމާކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހެޅިފައެވެ. އެގޮތުން:

  1. ފުރަތަމަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ޕޯޗުގަލް ގައުމީ ޓީމުގެ ޖާރޒީއެއް.
  2. ދެވަނަ ސްޓޭޖްގެ ނަސީބުވެރިޔާއަށް: ފްރާންސް ގައުމީ ޓީމުގެ ޖާރޒީއެއް.
  3. މުޅި އިވެންޓްގެ ގްރޭންޑް ވިނަރއަށް: ފީފާ ވޯލްކަޕް ހިސްޓޮރީ ބޯލް ސެޓަކާއި، 20 ކިލޯގެ ތަކެތި ހިލޭ ފޮނުވޭނެ އީއެމްއެސް ވައުޗަރެއް.

މޯލްޑިވްސް ޕޯސްޓުން ބުނީ މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަގުތަކެއްގައި ޚިދުމަތް ދިނުމަށާއި، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދާ ގުޅިގެން ކަސްޓަމަރުންނަށް އުފާވެރިކަން ގެނެސްދިނުމަށް ފެށި ހަރަކާތެއް ކަމަށެވެ.

މޯލްޑިވްސް ޕޯސްޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކޮށް މޯލްޑިވްސް ޕޯސްޓްގެ ޕިކްޕޯސްޓް ސްޓޭޝަން އަލުން ހުޅުވައިފި

ބޮޑެތި ޕާރުސަލްތަކަށް ޚާއްޞަކޮށް މޯލްޑިވްސް ޕޯސްޓްގެ ޕިކްޕޯސްޓް ސްޓޭޝަން އަލުން ހުޅުވައިފި

15 ދުވަސް ކުރިން - 12:55

ގްލޯބަލް ދުކާންއަށް ޕޯސްޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

ގްލޯބަލް ދުކާންއަށް ޕޯސްޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

19 ދުވަސް ކުރިން - 22:43

ކުޅުދުއްފުށީ ސިޓީގައި ޕިކްޕޯސްޓް ހިދުމަތް ފަށައިފި

88 ދުވަސް ކުރިން - 15:54

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

317 ދުވަސް ކުރިން - 19:16

ޕޯސްޓުގެ ހިދުމަތް ދިނުމަށް މާފަންނުން އިމާރާތެއް ހޯދަނީ

ޕޯސްޓުގެ ހިދުމަތް ދިނުމަށް މާފަންނުން އިމާރާތެއް ހޯދަނީ

487 ދުވަސް ކުރިން - 14:44

ޓީމޫގެ ޑެލިވަރީތަކަށް ރެޑްބޮކްސް އިން ނިކުމެއްޖެ

ޓީމޫގެ ޑެލިވަރީތަކަށް ރެޑްބޮކްސް އިން ނިކުމެއްޖެ

487 ދުވަސް ކުރިން - 02:51