Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 29 މެއި 2026 00:16
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފު (މުންދު). / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފު (މުންދު). / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކޮންމެ އަހަރެއްގައިވެސް ބޮޑު އީދުގައި ކުޅުދުއްފުށި މާލި ޕެރޭޑުގައި އެއިރެއްގެ އޮންނަ ސަރުކާރަކަށް މަލާމާތް ރައްދުވާފަދަ ގޮތަކަށް ޕެރޭޑު ބާއްވާ. މުންދުއަށް ނިސްބަތްކޮށް ތައްޔާރުކުރި މީމް ތަކަށް މުންދު ދެއްވި ހިތްހެޔޮ ޖަވާބަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ.

އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ހަރަކާތްތައް ކުރިއަށްދާއިރު، ހދ. ކުޅުދުއްފުށީގައި ބޭއްވި މަގުބޫލު "މާލި ޕެރޭޑް" ގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) އަށް އަމާޒުކޮށް ގިނަ "މީމް" ތަކެއް ވަނީ ދައްކާލައިފަ އެވެ.

ކުޅުދުއްފުއްޓަކީ ކޮންމެ އަހަރަކުވެސް އީދު ތެރޭގައި، އެއިރެއްގައި އޮންނަ ސަރުކާރަކަށް މަލާމާތާއި ފާޑުކިޔުން ރައްދުވާ ގޮތަށް ތަފާތު މީމްތައް ހަދައިގެން ޕެރޭޑު ބާއްވާ ރަށެކެވެ. މިފަހަރުގެ ޕެރޭޑުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުންދު އަށް ނިސްބަތްކޮށް ގިނަ މީމްތަކެއް ތައްޔާރުކޮށްފައިވެ އެވެ.

Advertisement

Advertisement 1

މިކަމާ ގުޅިގެން މުންދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ކުޅުދުއްފުށީގެ މާލި ޕެރޭޑުގެ ވީޑިއޯއެއް ހިއްސާކުރައްވަމުން ވިދާޅުވީ، ކުޅުދުއްފުށީގެ މާލި ޕެރޭޑުގައި މީމްއެއްގެ ގޮތުގައި ނަމަވެސް ހިމެނުމަކީ އޭނާއަށް ލިބުނު "މެޑަލް" އެއް ކަމަށެވެ. އަދި އޭނާ ވަނީ އެއީ "Height of notoreity in Maldives" ނުވަތަ ނޭދެވޭ ކަމަކަށް ނަމަވެސް މަޝްހޫރުވުމުގެ އެންމެ މަތީ ދަރަޖަ ކަމަށް ސަމާސާ ރޫހެއްގައި ސިފަކުރައްވާފަ އެވެ.

މުންދު އަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބުދެއްވާ، އަދި ރައްޔިތުން ގަޔާވާފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާ ތަރުޖަމާނެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ވަރަށް އެކުވެރި، މީހުންނާ ގުޅޭ އަދި ރުޅި އިސްނުކުރައްވާ ބޭފުޅެއްގެ ގޮތުގައިވެސް އާންމުންގެ މެދުގައި ފާހަގަކުރެވިފައިވެ އެވެ.

އީދުގެ އުފާފާޅުކުރުމުގެ ތެރެއިން އައި މި ފާޑުކިޔުންތަކަށް މުންދު ދެއްވި މި ހިތްހެޔޮ ޖަވާބަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)ކުޅުދުއްފުށި ސިޓީއަޟްހާ އީދުމާލި ޕެރޭޑު
Ad
Ad

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

8 ގަޑިއިރު ކުރިން - 22:01

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

15 ދުވަސް ކުރިން - 14:56

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

38 ދުވަސް ކުރިން - 02:59

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

44 ދުވަސް ކުރިން - 22:50

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

44 ދުވަސް ކުރިން - 17:51

ޣައްޒާގައި އުޟުހިޔާ ކަތިލާނެ ނައަމްސޫފިއެއް ނެތް؛ އެހެންނަމަވެސް އުންމީދު ކަނޑައެއް ނުލާ

ޣައްޒާގައި އުޟުހިޔާ ކަތިލާނެ ނައަމްސޫފިއެއް ނެތް

47 ދުވަސް ކުރިން - 15:17