ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގަތީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ އަޟްހާ އީދުގެ ބަންދާ ދިމާކޮށް ކުރެއްވި ދަތުރުފުޅެކެވެ.

ސަރުކާރުގެ ޗީފް ތަރުޖަމާނު ހުސައިން ޝަރީފު (މުންދު) ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެންނެވީ އާއިލާއާއެކު ޗުއްޓީއެއް ހޭދަކުރެއްވުމަށެވެ. އެހެންކަމުން، އީދަށް ސަރުކާރު ބަންދުވި ދުވަސްތަކުގައި ރައީސް ވަނީ ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރައްވާފަ އެވެ.

އަޟްހާ އީދު ބަންދަށް މެދުކަނޑާލުމަށްފަހު، ސަރުކާރުގެ އޮފީސްތައް މާދަމާ އަލުން ހުޅުވޭނެ އެވެ.