Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 6 ޖޫން 2026 02:59
"ދަ ޕަލްސް"ގެ ނަމުގައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
"ދަ ޕަލްސް"ގެ ނަމުގައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ތިމާވެށީގެ ދުވަހާ ގުޅުވައިގެން ނެރުނު ފުރަތަމަ އެޕިސޯޑް ހާއްސަކޮށްފައިވަނީ ތިމާވެށީގެ މައްސަލަތަކަށް. ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފްތާއަކުވެސް ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ދައުރުވާ އުސޫލުން މި ޕޮޑްކާސްޓްގައި ބައިވެރިވެ ރައީސާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެ.

ރައްޔިތުންގެ މުހިންމު ކަންބޮޑުވުންތަކަށް އަލިއަޅުވާލައި، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން "ދަ ޕަލްސް" ގެ ނަމުގައި އައު ޕޮޑްކާސްޓް ސިލްސިލާއެއް އިފްތިތާހުކޮށްފިއެވެ.

މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް އިއްޔެ މެންދުރުފަހު ރައީސް އޮފީހުގެ މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. މި ޕޮޑްކާސްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމީ މުހިންމު މައްސަލަތަކުގައި ގެންގުޅުއްވާ ތަސައްވުރު ހާމަކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހަސައިން ޝަރީފް (މުންދު) އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ނެރުނު ފުރަތަމަ އެޕިސޯޑް ހާއްސަކޮށްފައިވަނީ ތިމާވެށީގެ މައްސަލަތަކަށެވެ. މި އެޕިސޯޑުގައި ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ރަށްތައް ގިރުމާއި، ކުނި މެނޭޖުކުރުމުގެ މައްސަލަތަކާއި، އަދި ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތަކާ ގުޅޭގޮތުން އާންމުން ހުށަހަޅާފައިވާ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

Advertisement

Advertisement 1

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަށް ވީނަމަވެސް، ތިމާވެށީގެ ކަންކަމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަނީ ނަމޫނާ ދައްކަމުން ކަމަށެވެ. އަދި ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ މައިގަނޑު އެއް ތަނބަކީ ތިމާވެށި ހިމާޔަތްކުރުން ކަމަށާއި، ތަރައްގީއާއި ތިމާވެށި ބެލެންސްކުރުމަކީ މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް" އިންދުމުގެ ޕްރޮގްރާމްގައި ހުރިހާ ރައްޔިތުން އަމަލީގޮތުން ބައިވެރިވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ޕޮޑްކާސްޓްގެ ދެވަނަ ބައިގައި "ވަގުތު" ނޫހުގެ ނޫސްވެރިޔާ ޔާމީން މުހައްމަދު ވަނީ ތިމާވެށީގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައީސާ ސުވާލުކޮށްފައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައި ކޮންމެ ހަފްތާއަކުވެސް ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކަށް ދައުރުވާ އުސޫލުން މި ޕޮޑްކާސްޓްގައި ބައިވެރިވެ ރައީސާ ސުވާލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސް ތަރުޖަމާނު މުންދު ވިދާޅުވި ގޮތުގައި، "ދަ ޕަލްސް" އަކީ ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ފޯރުކޮށްދީ، ސަރުކާރުގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމަށް ލިބޭ މުހިންމު މަންސައެކެވެ. މި އިފްތިތާހުކުރެވުނު ޕޮޑްކާސްޓް ސިލްސިލާގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް އާންމުން ހޭލުންތެރިވެ، ދެފުށް ފެންނަ ދައުލަތެއް ހިންގުމަށް މަގުފަހިވެގެންދާނެއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްދުނިޔޭގެ ތިމާވެށި ދުވަސްސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

5 ގަޑިއިރު ކުރިން - 18:38

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް އަލްއުސްތާޛު އަމްޖަދު މުސްތަފާ އައްޔަނުކުރައްވައިފި

10 ގަޑިއިރު ކުރިން - 13:44

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

2 ދުވަސް ކުރިން - 12:41

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

4 ދުވަސް ކުރިން - 16:01

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

5 ދުވަސް ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

5 ދުވަސް ކުރިން - 19:39