އއ. ރަސްދޫގެ މަގުމަތީގައާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ބިދޭސީ ބަޔަކު އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފިލްމު ކުޅެ، އެ މަންޒަރުތައް އިންޓަނެޓުގައި އާންމުކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރަސްދޫގެ ރައްޔިތަކު ޚުލާސާއަށް މަޢުލޫމާތު ދެމުން ބުނިގޮތުގައި، މި ކަންތައް ހިނގާފައިވަނީ ރަށުގެ ރައްޔިތުންނަށް އެއްވެސް އެނގުމެއް ނެތިއެވެ. އަދި މި ކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ލިބިފައިވަނީ މީޑިއާގައި މި ޚަބަރު ފެތުރުމުންނެވެ.
އިންޓަނެޓުގައި ފެތުރިފައިވާ ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި، މި ޢަމަލުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެކަކު ހުރީ ބުރުގާ އަޅައިގެންނެވެ. މި ކަމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށްވާތީ، ގިނަ ފަރާތްތަކުން މިކަމާ ކަންބޮޑުވުން ފާޅުކޮށް ރަށުގައި އަޑުއުފުލާފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާއަކުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.



