މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި. މި މަރުކަޒުތައް ޤާއިމުކުރާނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި.
754 ދުވަސް ކުރިން - 14:26
ވޯލްޑް މަންޓާ ޑޭއަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ގައި ފާހަގަކުރާ ދުވަހެއް. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މަންޓާ ރޭގެ މުހިންމުކަމާއި އެ ދިރުން ޙިމާޔަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުން.
754 ދުވަސް ކުރިން - 14:23
މޫސުމީ ބަދަލުތަކުން ވައިގެ ދަތުރުފަތުރަށް ކުރާ ނޭދެވޭ އަސަރާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އެމްއޭސީއެލްއިން ފޯރަމެއް ބާއްވައިފި. އޯޒޯން ދުވަހާ ގުޅިގެން ބޭއްވުނު މި ފޯރަމްގައި ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ބައިވެރިވެފައި.
754 ދުވަސް ކުރިން - 14:20
ސިނަމާލެ ބްރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައި. މި މައްސަލަ ސަމާލުކަމަށް އައީ މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން.
754 ދުވަސް ކުރިން - 14:15
ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ އަޙްމަދު މިފްޒާލްގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އޭނާއަށް 24 އަހަރާއި 10 މަހާއި 20 ދުވަހުގެ ޖަލު ޙުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް އިއްވައިފި. މި މައްސަލަ ފެށުނީ 2019 ގައި ފެރީއެއްގައި ހިންގުނު އޮޕަރޭޝަނަކުން މިފްޒާލްގެ އަތުން 100 ގްރާމަށްވުރެ ގިނަ ޑައިމޯފިން ފެނުމާ ގުޅިގެން.
754 ދުވަސް ކުރިން - 14:00
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެވުނު އިބްރާހިމް ނާއިފް، ވެމްކޯ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފި.
754 ދުވަސް ކުރިން - 13:57
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރާ ރެއިޑްތަކުގައި އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާނީ ޔުނީފޯމާއި ރަސްމީ ފާހާއެކުގައި ކަމަށް އިމިގްރޭޝަނުން ބުނެފި. އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ ބަޔަކު އޮޅުވާލައިގެން ބިދޭސީންގެ ތަންތަން ބަލާ ފާސްކުރަމުންދާ ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން.
754 ދުވަސް ކުރިން - 13:55
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އާ ދައުރަށް މެންބަރުން ހޮވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި. މި މަހުގެ 25 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އިޢުލާނުކޮށްފައި. ކައުންސިލްގައި ހިމެނެނީ މީޑިއާތަކުން ތަމްސީލުކުރާ 7 މެންބަރުންނާއި އާންމު 3 މެންބަރުން.
754 ދުވަސް ކުރިން - 13:50
އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ސީފުޑް ހަބެއް ޤާއިމްކުރުމަށް އެމްޕީއެލް އިން ރާވައިފައިވާއިރު މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދުކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ވިދާޅުވެފައި.
754 ދުވަސް ކުރިން - 13:47
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، މުޅި މަޝްރޫޢު 2025 ވަނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފި. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ޓާމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ޓާމިނަލެއް.
754 ދުވަސް ކުރިން - 13:42
ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ 7 ގައި ފެށުމަށް ނިންމާފައިވާއިރު، އަބްދުއްރަހީމް މިއަދު ވިދާޅުވެފައިވަނީ، ދައުރުން ބޭރުގައި ޖަލްސާ ބޭއްވުމަށް 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި އެޖެންޑާގައި ހިމެނޭ އެންމެހައި މަސައްކަތްތައް މިއަދުގެ ޖަލްސާގައި ފުރިހަމަކޮށް ނިންމާލެވިފައިވާ ކަމަށް.
754 ދުވަސް ކުރިން - 13:37
މިއަދު ބޭއްވުނު މަޖިލީސް ޖަލްސާގައި ވަނީ ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމާ ގުޅޭ މުއްދަތުތައް ކުރުކުރުމަށް ހުށަހެޅުނު އިޞްލާޙު ފާސްކޮށްފައި. މި އިޞްލާޙުގެ ދަށުން، ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ދަޢުވަތު ދޭންޖެހޭނެ. އަދި ޚާއްޞަ އާންމު ޖަލްސާއަށް 7 ދުވަސް ކުރިން ނޯޓިސް ދޭންޖެހޭނެ. މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަޞްދީޤުކުރެއްވުމުން.
754 ދުވަސް ކުރިން - 13:30