ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) ގެ މަޤާމުން މިދިޔަ އޮގަސްޓް މަހު ވަކިކުރެވުނު ލ. ފޮނަދޫ ބަގީޗާގޭ އިބްރާހިމް ނާއިފް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފިއެވެ.

ނާއިފަކީ ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް، ޑރ. މުޙައްމަދު މުޢިއްޒުއާ އެކު ވަރަށް ގާތުން މަސައްކަތްކޮށް، އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މީގެ އިތުރުން، ނާއިފް ވަނީ ކުރިން ލ. އަތޮޅު ކައުންސިލްގެ އިތުރުން އެސްޓީއޯ ފޮނަދޫ ބޭސްފިހާރައިގައިވެސް މަސައްކަތްކުރައްވާފައެވެ. މި އައްޔަންކުރެއްވުމާއެކު، ނާއިފްގެ ތަޖުރިބާއިން ވެމްކޯގެ ހިންގުމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ބެލެވެއެވެ.