އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުން އިތުރަށް 112.33 މިލިއަން ރުފިޔާ ހަރަދުކުރަންޖެހުނު މައިގަނޑު ސަބަބަކީ މަޝްރޫއުތައް ހަވާލުކުރުމުގެ ކުރިން އެ ފަރާތްތަކުގެ މާލީ އަދި ފަންނީ ގާބިލުކަން ކަށަވަރުކުރުމަށް ރަނގަޅު އިވެލުއޭޝަނެއް ކުރިއަށް ނުގެންދިއުން.
7 ދުވަސް ކުރިން - 10:23
މި ބަދަލުތައް ފެނަކައިގެ މެނޭޖްމަންޓަށް ގެނެސްފައި މިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަފީފް ހުސައިން އެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވަކިކުރުމާ ގުޅިގެން.
43 ދުވަސް ކުރިން - 14:58
މި ބަދަލުތައް ގެނެސްފައިވަނީ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް އާރްޑީސީ އެމްޓީސީސީއާ އަދި ފެނަކަ ސްޓެލްކޯއާ އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި. ނަމަވެސް މި ވަކިކުރުންތަކާ ކުންފުނިތައް އެއްކޮށްލުމާ ހުރި ގުޅުން ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރޭ.
44 ދުވަސް ކުރިން - 10:03
ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުންފުނިތަކުގެ ވެރިންނާއެކު ވަޒީރު މަޝްވަރާކުރައްވައިފި. ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމާއި %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް.
59 ދުވަސް ކުރިން - 11:52
މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫއުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރި.
61 ދުވަސް ކުރިން - 19:46
އައު ޖެނެރޭޓަރު ހިމަނައިގެން، މިހާރު މަޑުއްވަރީގައި ޖުމުލަ 4 ޖެންސެޓު ހުންނާނެ ކަމަށާއި، އެއީ 800 ކިލޯވަޓުގެ 3 ޖެންސެޓާއި 500 ކިލޯވަޓުގެ 1 ޖެންސެޓުކަމުގައި ފެނަކައިން ހާމަކުރޭ.
99 ދުވަސް ކުރިން - 16:10
މިއީ ރަށްރަށުގެ އިޖުތިމާއީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލުތަކެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕީ.އެސް.އައި.ޕީ ގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް. މި ބަގީޗާގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ އިޖުތިމާއީ މާހައުލު ރަނގަޅުކޮށް، ކުޑަކުދިންނަށް ހާއްސަ މުނިފޫހިފިލުވުމުގެ ޖާގައެއް ފޯރުކޮށްދިނުން.
111 ދުވަސް ކުރިން - 23:13
ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމާއި، އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި ޚާއްޞަ އޮޑިޓް ރިޕޯޓު، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކުރީ 56 މެންބަރުންގެ ތާއީދާއެކު.
116 ދުވަސް ކުރިން - 14:32
ޝާހިދު ވިދާޅުވީ، ކޭބަލްތަކަށް ފައިސާ ދެއްކި ނަމަވެސް އެ ތަކެތި އަދިވެސް ހުރީ ކަސްޓަމްސްގައި ކަމަށް. މިފަދަ ކޮރަޕްޝަންގެ ސަބަބުން ކަރަންޓުގެ މައްސަލަ ހައްލުނުވާ ކަމަށާއި، މިހާރުގެ ސަރުކާރުން އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުންދާތީ ރައްޔިތުން ކެތްތެރިވުމަށް އޭނާ އިލްތިމާސްކުރެއްވި.
121 ދުވަސް ކުރިން - 14:52
މިއީ މި ސަރުކާރު ހަވާލުވިފަހުން އެ ސިޓީއަށް ގެންދިޔަ 5 ވަނަ ޖެންސެޓު. މިއަދު ގެންދެވުނު ޖެންސެޓު އިންސްޓޯލްކޮށް ނިމުމުން އެ ރަށުގެ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ. އާ ޖެންސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ލަސްނުވެ ނިމިގެންދާނެ.
137 ދުވަސް ކުރިން - 22:01
މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި އަމަލީ މަސައްކަތް އަވަހަށް ފެށުމަށް ކަމަށް އެމްޑީ ވިދާޅުވި. ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، އެ ގޮންޖެހުންތަކާ އެކުވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒު.
139 ދުވަސް ކުރިން - 23:18
ކުންފުނު ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ފެނަކަ އެމްޑީ އަފީފް ވިދާޅުވި. އޭނާ ވިދާޅުވީ މަގާމާ ހަވާލުވިއިރު ޕޭ ރޯލްގައި 8000 އެއްހާ މުވައްޒަފުން ތިބި ކަމަށް. ސިޔާސީ ބޭނުމަށް ނިމިދިޔަ ސަރުކާރުގައި ގިނަ އަދަދަކަށް ފެނަކައަށް މުވައްޒަފުން ނަގާފައިވޭ.
160 ދުވަސް ކުރިން - 11:48
މިހާރު 6 ރަށެއްގެ މަޝްރޫތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އަފީފް ފާހަގަކުރެއްވި. ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ފެނަކައިން ކުރިއަށް އެބަގެންދޭ.
182 ދުވަސް ކުރިން - 22:18