Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 29 ޖުލައި 2026 14:52
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު. / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ޝާހިދު ވިދާޅުވީ، ކޭބަލްތަކަށް ފައިސާ ދެއްކި ނަމަވެސް އެ ތަކެތި އަދިވެސް ހުރީ ކަސްޓަމްސްގައި ކަމަށް. މިފަދަ ކޮރަޕްޝަންގެ ސަބަބުން ކަރަންޓުގެ މައްސަލަ ހައްލުނުވާ ކަމަށާއި، މިހާރުގެ ސަރުކާރުން އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުންދާތީ ރައްޔިތުން ކެތްތެރިވުމަށް އޭނާ އިލްތިމާސްކުރެއްވި.

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އިންޖީނުގެއެއް އެޅުމަށް ނިމިދިޔަ ސަރުކާރުން 185 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށް ގޮސްފައިނުވާ ކަމަށް ހުޅުދޫ މީދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ، އިންޖީނުގެ އެޅުމަށް ބޮޑު އަދަދަކުން ފައިސާ ދޫކޮށްފައިވާއިރު، މިއަދު އެ ރަށުގައި އިންޖީނުގެއެއް ނުވަތަ އިންޖީނެއްވެސް ފެންނަން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަށް ދޫކުރި ފައިސާގެ ތެރެއިން ހަމައެކަނި ފެންނަން ހުރީ ސައިލެންސަރެއް އެކަނި ކަމަށާއި، ބާކީ ހުރި ފައިސާ ވަނީ ނަގާފައި ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ހުޅުދޫ މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދަނީ މިފަދަ ކޮރަޕްޝަންގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ނިމިދިޔަ ސަރުކާރުން ވަކި ބަޔަކަށް މަންފާވާ ގޮތަށް، އެމީހުންގެ ޕާޓީގެ މީހުންނާ މަސައްކަތްތައް ހަވާލުކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

Advertisement

Advertisement 1

ކަރަންޓުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، އެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. އަދި މި ސަރުކާރުން ކަރަންޓާއި، ފެނާއި، ކުނީގެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"މިކަންކަމަށް ވަގުތުކޮޅެއް ނަގާނެ. މިއީ މި ދަތިވެގެން އުޅޭ ކަމަކީ. މިފަދަ ކަންކަމަށް ރައްޔިތުން ކެތްތެރިވެލައްވާ. މިފަދަ ކަންކަން ކުރެވޭނީ ހަގީގީ މާނައިގައި އަޅުގަނޑުމެންގެ މި މަޖިލީހުން ސަރުކާރުން ބޭނުންވާ އިސްލާހުތައް ނޫނީ ގާނޫނުތައް އުފަންކުރުވައިގެން، އެ ގާނޫނުތައް ތަންފީޒުކޮށްގެން މައްސަލަތައް ހައްލުކޮށްގެން،"
މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)

މީގެ އިތުރުން، ޝާހިދު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގެނައި ކޭބަލްތައް އަދިވެސް ހުރީ ކަސްޓަމްސްގައި ބަންދުވެފައެވެ. އެއީ އެ ތަކެއްޗަށް ފައިސާ ނުދެއްކިގެން ކަމަށާއި، ނަމަވެސް އެ ކޭބަލްތައް ރާއްޖެ އައުމުގެ ކުރިން އެއަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ހިނގާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރުގެ ދޭތެރޭގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރު ބޭނުންވަނީ އިލްމީ ބަހުސެއް ކުރުމަށްވުރެ ބޮޑަށް، މިފަދަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ހައްލުކުރުން ކަމަށެވެ. އަދި ކަމާގުޅުންހުރި ވުޒާރާތަކާއި ކުންފުނިތަކުން ރެއާދުވާލު ސަރުކާރާއެކު މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު މުހައްމަދު ޝާހިދުސ. ހުޅުދޫމީދޫފެނަކައެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

ބޮޑުތަކުރުފާނު މަގުގެ ކާމިޔާބީ - އިދިކޮޅު ފަރާތްތަކަށް ހަޖަމުކުރަން އުނދަގޫވި ހަގީގަތެއް

2 ދުވަސް ކުރިން - 06:23

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

7 ދުވަސް ކުރިން - 13:19

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

7 ދުވަސް ކުރިން - 12:49

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

11 ދުވަސް ކުރިން - 05:40

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

16 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

18 ދުވަސް ކުރިން - 23:18