Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 29 މެއި 2026 22:18
ފެނަކަ ހެޑް އޮފީސް / ފޮޓޯ:ޚުލާސާ
ފެނަކަ ހެޑް އޮފީސް / ފޮޓޯ:ޚުލާސާ
ޚުލާސާ

މިހާރު 6 ރަށެއްގެ މަޝްރޫތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އަފީފް ފާހަގަކުރެއްވި. ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ފެނަކައިން ކުރިއަށް އެބަގެންދޭ.

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ ގިނަ މަޝްރޫތަކެއް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ، މަގާމާ ހަވާލުވިއިރު ކުންފުނީގެ މާލީ ނިޒާމާއި ހިންގުން އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. މީގެ ސަބަބުން މަޝްރޫތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް، މިހާރު ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާކަން އަފީފް ފާހަގަކުރެއްވި އެވެ.

ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ އަސާސީ ހިދުމަތްތަކުގެ އިތުރުން، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ހިންގާ ގިނަ މަޝްރޫތަކެއް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ 35 ރަށެއްގައި ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަމަށް އަފީފް ވިދާޅުވި އެވެ. މީގެ ތެރެއިން 6 ރަށެއްގެ މަޝްރޫތައް މިހާރު އެއްކޮށް ނިމިފައިވާއިރު، އިތުރު 6 ރަށެއްގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަން އަފީފް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

މި މަޝްރޫތަކުގެ ތެރޭގައި ހަމައެކަނި އަސާސީ ހިދުމަތްތަކެއް ނޫނެވެ. ބައެއް ރަށްރަށުގެ ޕޮލިސް ޕޯސްޓުތަކާއި، ސްކޫލްތަކުގެ އިމާރާތްތަކާއި އަދި ހޮސްޕިޓަލްތަކުގެ ބިނާކުރުމުގެ މަސައްކަތްތައްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.

މަޝްރޫތައް ނިންމުމަށް ރާވާފައިވާ ތާވަލާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން އަފީފް ވިދާޅުވީ، ބައެއް މަޝްރޫތަކުގެ މަސައްކަތްތައް ކުރިއަށް އޮތް 3 ނުވަތަ 4 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ބޮޑުބައި މިއަހަރުގެ ނިޔަލަށް ނުވަތަ އެންމެ ލަސްވެގެން އަންނަ 2027 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާކަމަށް އަފީފް ވިދާޅުވި އެވެ.

ރަށްރަށުގައި މަޝްރޫތައް ކުރިއަށްގެންދާއިރު، މަސައްކަތަށް ބޭނުންވާ މާއްދީ ތަކެއްޗާއި ސާމާނު ލޮޖިސްޓިކްސްގެ ތެރެއިން ފޯރުކޮށްދިނުމުގައްޔާއި، މަސައްކަތްތައް ހިންގާނެ ފަންނީ އަދި ގާބިލު މުވައްޒަފުން ހޯދުމުގައި ދަތިތަކަކާ ކުރިމަތިވަމުންދާކަން ފެނަކައިން ފާހަގަކުރި އެވެ.

ފެނަކަމުހައްމަދު އަފީފް ހުސައިން (ފެނަކަ އެމްޑީ)ތަރައްގީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

8 ގަޑިއިރު ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

2 ދުވަސް ކުރިން - 23:18

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ފެނަކަ ވަޒީފާއިން ވަކިވާން އެދިއްޖެ

23 ދުވަސް ކުރިން - 11:48

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

47 ދުވަސް ކުރިން - 21:56

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

ފެނަކައިގެ އެމްޑީއަކަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

77 ދުވަސް ކުރިން - 15:09

ކަރަންޓު ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް ފެނަކައިން އެދެފި

ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް އެދެފި

78 ދުވަސް ކުރިން - 17:59