Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 20 ޖޫން 2026 11:48
ފެނަކަ ހެޑް އޮފީސް އިމާރާތް ހުންނަ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ފެނަކަ ހެޑް އޮފީސް އިމާރާތް ހުންނަ ބިލްޑިންގ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ކުންފުނު ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށް ފެނަކަ އެމްޑީ އަފީފް ވިދާޅުވި. އޭނާ ވިދާޅުވީ މަގާމާ ހަވާލުވިއިރު ޕޭ ރޯލްގައި 8000 އެއްހާ މުވައްޒަފުން ތިބި ކަމަށް. ސިޔާސީ ބޭނުމަށް ނިމިދިޔަ ސަރުކާރުގައި ގިނަ އަދަދަކަށް ފެނަކައަށް މުވައްޒަފުން ނަގާފައިވޭ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވާން 97 މުވައްޒަފަކު ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެއެވެ.

އަފީފް ވިދާޅުވީ، ކުންފުނި ހަމަމަގަށް އެޅުވުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. މިގޮތުން، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 10 ދުވަހުގެ މުއްދަތެއް ދީ، އެ މުއްދަތުގެ ތެރޭގައި ވަކިވާ މީހުންނަށް ހަތަރު މަސް ދުވަހުގެ މުސާރަ އެއްފަހަރާ އިނާޔަތެއްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.

"އެޑްވާންސް މުސާރަ ދިނުމުން އަމިއްލައަށް ވަޒީފާއިން ވަކިވެވޭ ގޮތަށް ހުޅުވާލުމުން މާލެއާއި އަތޮޅުތެރޭގެ ސައިޓުތައް ހިމަނައިގެން ޖުމްލަ 97 މުވައްޒަފުން މިހާރު ވަނީ ވަކިވާން ހުށަހަޅާފަ،" އަފީފް ވިދާޅުވިއެވެ.

Advertisement

Advertisement 1

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި ގޮތުގައި، އޭނާ މަގާމާ ހަވާލުވެވަޑައިގަތްއިރު ކުންފުނީގެ ޕޭރޯލްގައި 8,000 އެއްހާ މުވައްޒަފުން ތިއްބެވެ. އެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެކަނިވެސް މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާކަން އޭނާ ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުންޏަށް ވައްދާފައިވާ ކަމަށާއި، އޭގެ ތެރޭގައި ލިޔަންކިޔަން ނޭނގޭ މީހުންނާއި ޑިއުޓީ ގަޑީގައި މަސައްކަތަށް ނުގޮސް ގޭގައި ތިބޭ މީހުންވެސް ހިމެނޭ ކަމަށެވެ.

ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، ބައެއް ޕްރޮޖެކްޓްތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވި، އެކި ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތި ގިނަ އަދަދެއްގެ މުވައްޒަފުން އެބަ ތިއްބެވެ. މިފަދަ އިސްރާފުތަކުގެ ސަބަބުން ކުންފުނީގެ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ފެނަކައިން އުންމީދު ކުރަނީ މިހާރު ފަށާފައިވާ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ. މިއީ ކުންފުނި އިސްލާހުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ފެނަކަމުހައްމަދު އަފީފް ހުސައިން (ފެނަކަ އެމްޑީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

10 ގަޑިއިރު ކުރިން - 23:13

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

5 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

10 ދުވަސް ކުރިން - 14:52

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

26 ދުވަސް ކުރިން - 22:01

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

28 ދުވަސް ކުރިން - 23:18

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމަނީ

71 ދުވަސް ކުރިން - 22:18