Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

ފެނަކައާ ހަވާލުކުރި 217 މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމަނީ

އައިޝަތު ރުވާ ރިފްޢަތު
23 ގަޑިއިރު ކުރިން - 11 ޖުލައި 2026 23:18
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން---
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން---
ޚުލާސާ

މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި އަމަލީ މަސައްކަތް އަވަހަށް ފެށުމަށް ކަމަށް އެމްޑީ ވިދާޅުވި. ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، އެ ގޮންޖެހުންތަކާ އެކުވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒު.

ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ 217 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ މަސައްކަތްތަކެއް ބާރު ސްޕީޑުގައި ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޑީ އަފީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޝްރޫއުތައް ފެނަކަ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރަނީ އެ މަސައްކަތްތައް ވީހާވެސް އަވަހަށް އަދި ފެންވަރު ރަނގަޅުކޮށް ނިންމުމަށް ކަމަށެވެ.

ފެނަކައާ ހަވާލުކުރެވިފައިވާ 217 މަޝްރޫއުގެ ތެރެއިން ބައެއް މަސައްކަތްތައް ނުފެށި ހުރިކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި އަމަލީ މަސައްކަތް އަވަހަށް ފެށުމަށް ކަމަށެވެ. އެގޮތުން އޭނާ ކުންފުންޏާ ހަވާލުވި ފަހުން ވީ ދެ މަސްދުވަހުގެ ތެރޭގައި 6 ސައިޓެއްގެ މަސައްކަތް ވަނީ އަލުން ފަށާފައެވެ.

Advertisement

Advertisement 1

މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، އެ ގޮންޖެހުންތަކާ އެކުވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒެވެ. އަދި މީގެ ކުރިން މަޝްރޫއުތައް ހިންގުމުގައި ދިމާވި އިދާރީ އަދި ލޮޖިސްޓިކް މައްސަލަތަކަށްވެސް އަފީފް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ބައެއް ސައިޓުތަކަށް ބޭނުންވާ ތަކެތި ތަރުތީބެއް ނެތި ގެންދިއުމުގެ ސަބަބުން ތަކެތި ހަލާކުވެ، ގެއްލުންތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަފީފް އިތުރަށް ވިދާޅުވީ، މަޝްރޫއުތައް ލަސްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށާއި، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި މަސައްކަތްތައް 2028 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މީގެ އިތުރުން ކުންފުނީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އަމިއްލަ މަސައްކަތްތައްވެސް އަވަސް ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ފެނަކަމުހައްމަދު އަފީފް ހުސައިން (ފެނަކަ އެމްޑީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެނަކަ "ރައިޓްސައިޒް" ކުރުމުގެ ދަށުން 90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިއްޖެ

90 އަށްވުރެ ގިނަ މުވައްޒަފުން އަމިއްލައަށް ފެނަކަ ވަޒީފާއިން ވަކިވާން އެދިއްޖެ

22 ދުވަސް ކުރިން - 11:48

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަނީ

ފެނަކައިން ހަވާލުވެފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިއަހަރުގެ ނިޔަލަށް ނިންމަނީ

44 ދުވަސް ކުރިން - 22:18

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެ ރަށްރަށަށް ބާލައިފި

ގޮއިދޫއަށާއި ނައިވާދޫގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ފޮނުވި ޖެންސެޓުތައް އެރަށްރަށަށް ބާލައިފި

46 ދުވަސް ކުރިން - 21:56

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

ފެނަކައިގެ އެމްޑީއަކަށް މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކުރައްވައިފި

76 ދުވަސް ކުރިން - 15:09

ކަރަންޓު ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް ފެނަކައިން އެދެފި

ބިލުގައި މައްސަލައެއް އުޅޭނަމަ އެކަން އެންގުމަށް އެދެފި

77 ދުވަސް ކުރިން - 17:59

ބ، ޅ, އަދި މ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަނީ

ބައެއް އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް

80 ދުވަސް ކުރިން - 22:51