ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް ޢައްބާސް ޝަރީފު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި. މަޖިލީހުގެ ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި 85 މެންބަރުންގެ އިއްތިފާގުން މި ނިންމުން ވަނީ މިއަދު ފާސްކޮށްފައި.
754 ދުވަސް ކުރިން - 13:21
ޖަޕާނު ސަރުކާރުން މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށާއި ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައި އެއްބަސްބުމުގައި މިއަދު ސޮއިކުރެވިއްޖެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެއްގަމު ތޮށި ވަރުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ނުރައްކަލުން މާލެ ރައްކާތެރިވެގެންދާނެ އަދި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރެވުމުން، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ޙައްލުވެގެންދާނެ.
754 ދުވަސް ކުރިން - 12:39
އިމިގްރޭޝަނުގެ ނަމުގައި ބިދޭސީން އުޅޭ ގެތަކަށް ގޮސް އުޅޭ ގ.ބެރުގެ މުޙައްމަދު ނަވީންއަކީ ވައްކަމާއި މަސްތުވާ ތަކެތީގެ ގިނަ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުނޭ.
754 ދުވަސް ކުރިން - 11:47
މާލޭގެ ސްކޫލަކަށް ވަދެ ދަރިވަރުންގެ ކުރިމަތީގައި ޓީޗަރުންނަށް ބިރުދެއްކި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވޭ. މި މައްސަލައިގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ވަނީ ނިންމާފައި.
754 ދުވަސް ކުރިން - 11:45
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި ހިނގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެޗްއާރްސީއެމް އިން ބަލަން ފަށައިފި. މި މައްސަލަތަކުގެ ތެރޭގައި މުވައްޒަފުންނާމެދު ތަފާތުކުރުމާއި، ނަފްސާނީ އަނިޔާއާއި، އޮފީސް ހިންގުމުގެ މައްސަލަތަކާއި، ބޭރު ދަތުރުތަކުގައި ވަކި ބަޔަކަށް އިސްކަންދިނުން ހިމެނޭ.
754 ދުވަސް ކުރިން - 11:39
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ފަލަސްތީނުގެ ނަސްލު ނައްތާލަމުންދާއިރު އެކަން ނުހުއްޓުވުމަކީ ތާރީޚުން ފެންނާނެ އެންމެ ހިތާމަވެރި ޙާދިސާ ކަމަށް. ފަލަސްޠީނުގައި އިސްރާއީލުން ދެމުން އަންނަ ޙަމަލާތަކުގައި 41،226 ރައްޔިތުން ވަނީ ޝަހީދުވެފައި.
754 ދުވަސް ކުރިން - 11:07
އެސްޓީއޯއިން މި ހަފުތާގައި ފަށާ ބަންކަރިން ޚިދުމަތަށް މިހާރު ވެސް ބުކިން ލިބެމުންދާ ކަމަށް އެ ކުންފުނިން ބުނެފި. މި ޚިދުމަތް ފުރަތަމަ ފޯރުކޮށްދޭނީ އެމްއެމްއެސްގެ އުޅަނދު "ވައި.ސީ ބެރިއާރ" އަށް. އެސްޓީއޯއިން މި ޚިދުމަތް ފަށާނީ ދެ ބޯޓު މެދުވެރިކޮށް ކަމަށާއި، މި ޚިދުމަތް ފުޅާވުމާއެކު މާކެޓް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފަ.
754 ދުވަސް ކުރިން - 10:59
މިހާރު ރާއްޖޭގެ 23 ސްކޫލެއްގައި 3 މާއްދާއިން ނުވަތަ 2 މާއްދާއިން ފާސްވި ދަރިވަރުންނާއެކު، ގިނަ ދަރިވަރުންނަށް މަތީ ސާނަވީ ކިޔެވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައި. މިގޮތަށް އަލަށް ހުޅުވާލި ފުރުޞަތާއެކު މި އަހަރު ސަރުކާރު ސްކޫލްތަކުގައި އަލަށް 2000 އަށް ވުރެ ގިނަ ދަރިވަރުން އޭލެވެލްއަށް ކިޔަވަމުން ދާއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %77 ގެ އިތުރުވުމެއް ކަމަށް މިނިސްޓްރީން ބުނި.
754 ދުވަސް ކުރިން - 10:51
ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށް. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކަކަށް ވާއިރު، ފޮޓޯއިން ފެންނަ ދެ ފަރާތަކީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮންނަ ދެ ފަރާތެއް ނޫން ކަމަށް ޝައްމާން ވިދާޅުވި. އެ ދެމީހުންގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން.
754 ދުވަސް ކުރިން - 10:26
ޓްރީޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލަޝިޕްގެ ދަށުން ބީއެސްސީ (އޮނަރސް) ނާސިން އިންޓަނޭޝަނަލް ޓޮޕްއަޕް އަދި ޑިޕްލޮމާ އިން ނާސިންގ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި، މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނީ ނާސިން ދާއިރާއިން އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަސް.
754 ދުވަސް ކުރިން - 09:47
ޅ. ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކްކުރި މައްސަލަ މި މަހުގެ 12 ވަނަ ދުވަހު ހުށަހެޅުމާ ގުޅިގެން، ފުލުހުން ވަނީ އެ މައްސަލައިގެ ތަޙުޤީޤު ފަށާފަ. މި މައްސަލަ ބެލުމަށްޓަކައި މާލެއިން ފޮނުވި ފުލުހުންގެ ޚާއްޞަ ޓީމެއް މިހާރު ދަނީ ނައިފަރުގައި މައްސަލައިގެ ތަޙުޤީޤީ މަސައްކަތް ކުރިއަށް ގެންދަމުން.
754 ދުވަސް ކުރިން - 09:45
ދިވެހި ދިދައާއި ދައުލަތުގެ ނިޝާން ހިމާޔަތްކުރުމަށް ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެ. މި ގާނޫނުގެ ދަށުން ދިވެހި ދިދައާއި ދައުލަތުގެ ނިޝާނަށް ގާނޫނީ ހިމާޔަތް ލިބި، އޭގެ އިންތަކާއި މިންތައް ކަނޑައެޅޭނެ.
754 ދުވަސް ކުރިން - 09:40