Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިމިގްރޭޝަނުގެ ނަމުގައި ދެ މީހަކު ގެތަކަށް ދާ މައްސަލައެއް ފެންމަތިވެއްޖެ

އިމިގްރޭޝަނުގެ ނަމުގައި ދެ މީހަކު ގެތަކަށް ދާ މައްސަލައެއް ފެންމަތިވެއްޖެ

އަައިޝަތު ޒީނާ
718 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 10:26
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު. ފޮޓޯ: އިމިގްރޭޝަން
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު. ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ޝައްމާން ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށް. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކަކަށް ވާއިރު، ފޮޓޯއިން ފެންނަ ދެ ފަރާތަކީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮންނަ ދެ ފަރާތެއް ނޫން ކަމަށް ޝައްމާން ވިދާޅުވި. އެ ދެމީހުންގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުން.

މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ދެ މީހަކު ގެތަކަށް ދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ އިމިގްރޭޝަންގެ ރެއިޑްގައި އުޅޭ ކަމަށް ބުނާ ބައެއްގެ ފޮޓޯ މީސް މީޑިއާގައި އާންމު ކުރަމުން އެއީ އިމިގްރޭޝަންގެ ބައެއްތޯ މީހަކު ސުވާލުކުރުމުންނެވެ. އެ ފޮޓޯއިން ދެ މީހަކު ފެންނަ އިރު އެ ދެ މީހުން ތިބީ ބިދޭސީން ދިިރިއުޅޭ ތަނެއްގައި ކަމަށް ބެލެވެއެވެ.

އެ ފޮޓޯގައިވާ ދެ މީހުންނާ ގުޅޭ ގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން އައިޑީ ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނިފޯމް ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކަކަށް ވާއިރު، ފޮޓޯއިން ފެންނަ ދެ ފަރާތަކީ އިމިގްރޭޝަނާ އެއްވެސް ގުޅުމެއް އޮންނަ ދެ ފަރާތެއް ނޫން ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

Advertisement

Advertisement 1

ޝަމްޢާން ވިދާޅުވީ އެ ދެމީހުންގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ދާދި ފަހުން ވަނީ އިމިގްރޭޝަންގެ ޔުނިފޯމުގައި ތިބި ބަޔަކު ރާއްޖޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ސައިބަރ ފޭރުމެއް ހިންގާކަމުގެ މައްސަލައެއްވެސް ފެންމަތިވެފައެވެ.

ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި ބޭންކް އެކައުންޓްގެ ތަފްސީލު ހޯދުމަށް މި ފޭރުން ހިންގަނީ ޕާކިސްތާނުގެ ނަންބަރެއް ކަމަށްވާ 1077883 348 92+ އިން ވަޓްސްއެޕް ވީޑިއޯ ކޯލް މެދުވެރިކޮށެވެ. ވީޑިއޯ ކޯލްގައި ފެންނަނީ އިމިގްރޭޝަން ޔުނީފޯމު ލައިގެން، ފޭސް މާސްކު އަޅައިގެން ތިބޭ ބައެކެވެ. އެމީހުން ތިބޭ ތަނުގެ ފަހަތުގައި އިމިގްރޭޝަންގެ ބެކްޑްރޮޕެއް ވެސް ބަހައްޓާފައި ހުރެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރައްޔިތުންނަށް އިރުޝާދުދީ، ބޭންކް އޮފް މޯލްޑިވްސް، އިމިގްރޭޝަން އަދި ފުލުހުން ވެސް ބޭރުގެ ނަންބަރަކުން މި ބާވަތުގެ މަޢުލޫމާތު ހޯދުމަށް ނުގުޅާނެ ކަމަށް ބުނެފައެވެ.

އިމިގްރޭޝަންޝަމްއާން ވަހީދު (ކުރީގެ ކޮންޓްރޯލަރ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

57 ދުވަސް ކުރިން - 20:13

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފަށަނީ

57 ދުވަސް ކުރިން - 19:37

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ޕާސްޕޯޓަށް ހުށަނޭޅުމަށް އިމިގްރޭޝަނުން އަންގައިފި

60 ދުވަސް ކުރިން - 18:08

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

އަޅުގަނޑާ ބެހޭގޮތުން ޝަމްއާން ހެއްދެވީ އެއްވެސް ސާބިތުކަމެއް ނުހިފޭ ދޮގުތަކެއް: އިހުސާން

87 ދުވަސް ކުރިން - 11:09

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ތިން ދައުވާއެއް ސާބިތުވެ، ޝަމްއާން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

88 ދުވަސް ކުރިން - 18:19

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

123 ދުވަސް ކުރިން - 22:22