ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

އާނާ ފަހީމް | 440 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 11:39
ޚުލާސާ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި ހިނގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެޗްއާރްސީއެމް އިން ބަލަން ފަށައިފި. މި މައްސަލަތަކުގެ ތެރޭގައި މުވައްޒަފުންނާމެދު ތަފާތުކުރުމާއި، ނަފްސާނީ އަނިޔާއާއި، އޮފީސް ހިންގުމުގެ މައްސަލަތަކާއި، ބޭރު ދަތުރުތަކުގައި ވަކި ބަޔަކަށް އިސްކަންދިނުން ހިމެނޭ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި ހިނގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ނަފްސާނީ އަނިޔާގެ މައްސަލަތަކެއް ހުރިކަމަށް ބުނެ ހުށަހެޅުނު މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.

މި މައްސަލައިގައި، އޮމްބަޑްސްޕާސަންގެ މަޤާމުގައި މިހާރު ހުންނެވި ނިއުމާތު ޝަފީގަކީ މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުކަމަށް ވާތީ، އެއީ އޮމްބަޑްސްޕާސަންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އޮފީސް ހިންގުމުގައި ރަސްމީ ސިފައެއް ނެތުމާއި، މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތުތަކެއް މި މައްސަލައިގައި ހިމެނެއެވެ. އަދި ރާއްޖެއިން ބޭރަށް އޮފީސް ތަމްސީލުކުރުމަށް ފުރުސަތު ދެނީ ވަކި ބަޔަކަށް އެކަނި ކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެޗްއާރްސީއެމްއިން ބުނެފައިވަނީ މި މައްސަލައަކީ ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. މި މައްސަލައިގައި ހިމެނޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%