Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖަޕާނުގެ އެހީގައި މާލޭގެ ބޭރު ތޮށި މަރާމާތުކުރަނީ

ޖަޕާނުގެ އެހީގައި މާލޭގެ ބޭރު ތޮށި މަރާމާތުކުރަނީ

އާނާ ފަހީމް
722 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 12:39
"ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
"ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޚުލާސާ

ޖަޕާނު ސަރުކާރުން މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށާއި ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައި އެއްބަސްބުމުގައި މިއަދު ސޮއިކުރެވިއްޖެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެއްގަމު ތޮށި ވަރުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ނުރައްކަލުން މާލެ ރައްކާތެރިވެގެންދާނެ އަދި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރެވުމުން، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ޙައްލުވެގެންދާނެ.

ޖަޕާނު ސަރުކާރުން މާލޭގެ ބޭރު ތޮށި މަރާމާތުކުރުމަށާއި ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ނިންމައިފިއެވެ. މި އެހީ ދިނުމަށް ނިންމާފައިވަނީ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލަންޑް" މަޝްރޫޢުގެ ދަށުންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ މި މަޝްރޫޢަކީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް މުހިންމު މަޝްރޫޢެއް ކަމަށެވެ.

"މިފަދަ މަޝްރޫޢުތަކުން ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ޖަޕާނުން މުހިންމު ދައުރެއް އަދާކުރޭ. މިގޮތުން ތަޢުލީމީ ދާއިރާ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނޭ." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

Advertisement

Advertisement 1

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވީ މާލޭ އެއްގަމު ތޮށި މަރާމާތު ކުރުމުގެ މަސައްކަތް 2024 ގައި ފަށައި 2027 ވަނަ އަހަރު މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާމާނު ޖަޕާނު ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރުކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް. އެހެންކަމުން ޖަޕާނު ސަރުކާރުން ރާއްޖެއަށް އެހީތެރިވުމަށް އަބަދުވެސް އޮންނާނީ ތައްޔާރަށް." ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީ ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، ޖައިކާގެ އެހީތެރިކަމާއެކުގައެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާވެށްޓާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޚާރިޖީ ވުޒާރާގެ އިސްވެރިންގެ އިތުރުން މާލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަޕާނުގެ އެމްބަސީއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެއްގަމު ތޮށި ވަރުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ކާރިސާތަކުގެ ނުރައްކަލުން މާލެ ރައްކާތެރިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މާލޭގެ ފެންހިންދާ ނިޒާމް އަޕްގްރޭޑްކުރެވުމުން، ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ޙައްލުވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމުގެ ތެރެއިން އެންމެ ފަހުން ހިންގާ މަޝްރޫޢެވެ. މީގެ ކުރިން ވެސް ޖަޕާނު ސަރުކާރުން ވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. ޚާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަ ބަދަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ހިންގާ މަޝްރޫޢުތަކަށް ޖަޕާނު ސަރުކާރުން ވަނީ ބޮޑެތި އެހީތައް ދެއްވާފައެވެ.

ފޮރިން މިނިސްޓްރީޖަޕާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

42 ދުވަސް ކުރިން - 15:06

ޖަޕާނަށް އައި ބިންހެލުން: 13 މީހުން މަރުވެ 400އެއްހާ މީހުންނަށް އަނިޔާވެއްޖެ

ޖަޕާނަށް އައި ބިންހެލުން: 13 މީހުން މަރުވެ 400އެއްހާ މީހުންނަށް އަނިޔާވެއްޖެ

42 ދުވަސް ކުރިން - 14:43

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މޯލެއް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެ

ޖަޕާނަށް އައި ބާރުގަދަ ބިންހެލުމުގައި މޯލެއް ވެއްޓި ގިނަ ބަޔަކު ތާށިވެއްޖެ

43 ދުވަސް ކުރިން - 18:24

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

71 ދުވަސް ކުރިން - 00:01

ޖަޕާނާ ގުޅުންހުރި ބޯޓެއް ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށްފިކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ޖަޕާނާ ގުޅުންހުރި ބޯޓެއް ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށްފި

82 ދުވަސް ކުރިން - 17:34

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސްއާ މަހުލޫފް ބައްދަލުކުރައްވައިފި

104 ދުވަސް ކުރިން - 14:17