ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މި ހަފުތާގައި ފަށާ ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތަށް މިހާރުވެސް ބުކިން ލިބެމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ބަންކަރިން ޚިދުމަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭނީ ޤައުމީ ޝިޕިންގް ކުންފުނި، އެމްއެމްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ" އަަށެވެ. މިއީ ކޮލަންބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ، މަހަކު 200 ޓަނުގެ ތެޔޮ ބޭނުންކުރާ އުޅަނދެކެވެ."ވައި.ސީ ބެރިއާރ"އަކީ ކޮލަންބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ މިއުޅަނދަކީ 1،100 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުރި އުޅަނދެކެވެ.
އެސްޓީއޯއިން މި ޚިދުމަތް ފަށާނީ ދެ ބޯޓު މެދުވެރިކޮށް، އޮފްޝޯ ގޮތުގައެވެ. މި ޚިދުމަތް ފޯރުކޮށްދެނީ ދުނިޔޭގައި ބަންކަރިން ޚިދުމަތް ދިނުމުގެ މަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.
ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމުން މުޅި މުޅިން އަލަށް 400 މިލިއަން ޑޮލަރު ޖީޑީޕީއަށް ވަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ފަށާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.
އެސްޓީއޯއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން ފަށާއިރު، މި ޚިދުމަތާއި ގުޅޭ އިތުރު 14 ޚިދުމަތެއް އުތުރު މެރިޓައިމް ސާވިސްގެ ތެރެއިން އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.









