އިމިގްރޭޝަނުގެ ނަމުގައި ބިދޭސީން އުޅޭ ގެތަކަށް ވަދެ ވައްކަންކުރާ މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފިއެވެ.
މީޑިއާތަކާ ޙިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ބިދޭސީން އުޅޭ ތަނަކަށް ވަތް ކަމަށެވެ.
އަދި ބަންގްލަދޭޝަށް ނިސްބަތްވާ މީހެއްގެ އަތުން 9،000 ރުފިޔާއާއި ފޯނެއް ފޭރިފައިވާ ކަމަށާއި އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ގ. ބެރުގެ، އުމުރުން 44ގެ މުޙައްމަދު ނަވީން ވަނީ ބަންދުކޮށްފައެވެ.
ޚުލާސާއަށް ފުލުހުން ކަށަވަރުކޮށްދެއްވި ގޮތުގައި ނަވީން އަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑު އޮތް މީހެކެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









