Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން މަރުކަޒު ޤާއިމުކުރަން ފަށައިފި

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން މަރުކަޒު ޤާއިމުކުރަން ފަށައިފި

އާނާ ފަހީމް
672 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 14:26
ފޮޓޯ: ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
ފޮޓޯ: ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
ޚުލާސާ

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމަށް ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި. މި މަރުކަޒުތައް ޤާއިމުކުރާނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި.

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން މަރުކަޒު ޤާއިމުކުރަން ފަށައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އާންމުކުރި ހަ މަހުގެ މަސައްކަތު ތަފްސީލުގައި ބުނެފައިވާ ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމާ ގުޅިގެން، ތިން ސަރަހައްދެއްގައި ފަރުވާދޭ މަރުކަޒުތައް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އެގޮތުން މި މަރުކަޒުތައް ޤާއިމުކުރާނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި ކަމަށް އެންޑީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން ރާއްޖެއިން ބޭރުގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިއާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކޮށް، އެންޑީއޭއިން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement

Advertisement 1

އެންޑީއޭއިން އިތުރަށް ބުނެފައިވަނީ، ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގއ. ދާންދޫ ޞިއްޙީ މަރުކަޒާއި އެންޑީއޭ ގުޅިގެން އެ ރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި، ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗް މަހު ފަށާފައިވާ ކަމަށްވެސް އެންޑީއޭއިން ބުނެފައިވެއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާޖެހޭ ޙައްލެއް ލިބިގެންދާނެ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދީގެން ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެންޑީއޭ މުވައްޒަފަކު ހައްޔަރުކޮށްފި

އެންޑީއޭއަށް ފަރުވާއަށް ދިއުމުން ޑްރަގުދޭ މައްސަލައެއް

243 ދުވަސް ކުރިން - 15:12

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

ކޮންޓްރޯލްޑް ޑްރަގެއް ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ

305 ދުވަސް ކުރިން - 08:18

178 މީހުން މުޖުތަމައަށް އަނބުރާ ގެނައުމަށްޓަކައި ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ދޭން ފަށައިފި

178 މީހުންނަށް ރިމާންޑް ސެންޓަރުތަކުގައި ފަރުވާ ފަށައިފި

408 ދުވަސް ކުރިން - 15:19

ލ. ގަމުގައި އަޅާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ގަމުގައި އަޅާ ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭގޮތުން މަޝްވަރާކޮށްފި

421 ދުވަސް ކުރިން - 10:10

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީ ދެނީ

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާއަށް ފަންނީ އެހީދެނީ

426 ދުވަސް ކުރިން - 21:57

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

މަސްތުވާތަކެތީގެ ފަރުވާދިނުމަށް ތިން ރިމާންޑް ސެންޓަރު ހުޅުވައިފި

427 ދުވަސް ކުރިން - 14:27