މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަމާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެެ ޗެއާޕާސަން ލުބްނާ ޒާހިރު މިރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ކޮންޓްރޯލްޑް ޑްރަގެއް ވިއްކަމުން އަންނަ މައްސަލައެއް އެންޑީއޭގެ ސަލާމުކަމަށް އައިސްފައިވާ ކަމަށެވެ.
ވިއްކަމުން އަންނަނީ ބިއުޕްރެނޯފިން ނަމަކަށް ކިޔާ ޑްރަގެއް ކަމަށާ، އެކަން ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބެމުން އަންނަކަމަށް ލުބްނާ ވަނީ ވިދާޅުވެފަ އެވެ. މި ޑްރަގުގެ 10 ގުޅަ، 2000 ރުފިޔާއަށް ވިއްކަމުން އަންނަކަމަށް ލުބްނާ ވަނީ ވިދާޅުވެފަ އެވެ.
މިފަދަ ކޮންޓްރޯލްޑް ޑްރަގް ވިއްކުމަކީ ގާނޫނީ ގޮތުން ކުށެއްކަމަށް ވެސް ލުބްނާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓްގައި ވަނީ ވިދާޅުވެފަ އެވެ.