ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދީގެން ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެންޑީއޭ މުވައްޒަފަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 15 ދުވަސް ކުރިން - 20 ނޮވެންބަރު 2025 15:12
އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ގުޅުން ހިންގާ މައްސަލާގައި ހައްޔަރުކުރި ފަސީހް---ފޮޓޯ: ޕޮލިސް
އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް ޑްރަގް ދީގެން ގުޅުން ހިންގާ މައްސަލާގައި ހައްޔަރުކުރި ފަސީހް---ފޮޓޯ: ޕޮލިސް
ޚުލާސާ

ހައްޔަރުކުރި މީހާއަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ މީހެއް

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ފަރުވާ ހޯދަންދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ހިންގާ މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ފަސީހު، 51، ސ. ފޭދޫ، އެވެ. އެ މީހާ ހައްޔަރުކުރީ އެންޑީއޭ އިން އެ މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުން ބުނީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހާއަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި މި މައްސަލަ ފެންމަތިކޮށްފައިވެ އެވެ. އެ މީހާއަށް ތުހުމަތުކޮށްފައިވާ ގޮތުގައި، ޖިންސީ ގޯނާކޮށް އެ މީހުންގެ ބަރަހަނާ މަންޒަރު ވީޑިއޯކުރާ ކަމަށެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%