Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލ. ގަމުގައި އަޅާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ލ. ގަމުގައި އަޅާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

އަައިޝަތު ޒީނާ
466 ދުވަސް ކުރިން - 27 މެއި 2025 10:10
ލ. ގަމު ކައުންސިލާ އެންޑީއޭ ބައްދަލުކުރުން. / ފޮޓޯ: އެންޑީއޭ
ލ. ގަމު ކައުންސިލާ އެންޑީއޭ ބައްދަލުކުރުން. / ފޮޓޯ: އެންޑީއޭ
ޚުލާސާ

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި.

ލ. ގަމުގައި އެޅުމަށް ހަމަޖެހިފައިވާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑު މެމްބަރުންނާއެކު އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް މަސްތުވާތަކެތީގެ ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ކޮށްފައިވާ ފެސިލިޓީ ޤާއިމުކުރުމަށް ބޭނުންވާ ލޭންޑް އޭރިއާ އެލޮކޭޝަން އާއި ޓްރީޓްމަންޓް ޕްލޭންގެ ބާވަތްތައް ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މުޖުތަމަޢުގެ ތެރޭގައި ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ލިބެން ހުރި މިންވަރު އިތުރުވަމުންދާތީ އެކަމަށް ޙައްލު ހޯދުމުގައި މިފަދަ ސެންޓަރެއްގެ ސްޓްރެޓެޖިކް މުހިންމުކަމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި ލ. ގަމު ކައުންސިލްގެ ރައީސާއި އެންޑީއޭގެ ބޯޑު މެމްބަރުންނާއި ޓެކްނިކަލް ސްޓާފުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒު ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާއިރު މި މަރުކަޒުތައް ޤާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށް ރައިސުލްޖުމްހޫރިއްޔާ ނިންމެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 02ވަނަ ދުވަހުއެވެ.

2011 ވަނަ އަހަރު އެކުލަވާލައި ޢަމަލުކުރަން ފެށި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން އުފެދުނު ނޭޝަނަލް ޑްރަގް އެޖެންސީއަކީ އެކަމުގެ އެންމެ ބޮޑު މަސްޢޫލިއްޔަތު ހަވާލުކޮށްފައިވާ އިދާރާއެވެ.

އެންޑީއޭގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، މަސްތުވާތަކެއްޗާއި ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅިގެން ހިންގޭ ހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީ ސިޔާސަތުތައް ތަންފީޛުކުރުން ހިމެނެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުމަކީވެސް އެންޑީއޭގެ މަސްއޫލިއްޔަތެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މަސްތުވާތަކެތިނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

10 ދުވަސް ކުރިން - 09:31

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

13 ދުވަސް ކުރިން - 12:06

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

15 ދުވަސް ކުރިން - 11:45

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފި

ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

18 ދުވަސް ކުރިން - 09:18

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

ފަހުދާގެ ދައުވާ އަނބުރާ ގެންގޮސް، އިމާދަށް 13 އަހަރުގެ ޖަލު ހުކުމެއް

32 ދުވަސް ކުރިން - 00:57