ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާންގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށައިފި. މިކަން ފަށާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން. ހޯމް މިނިސްޓްރީން ބުނީ ވަޒީރުގެ ތުރެޓް ލެވެލް މަތިވުމާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިގޮތަށް ނިންމީ ކަމަށް.
754 ދުވަސް ކުރިން - 20:54
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފައިވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގައި ބެލެނިވެރިންގެ އަތުން ފައިސާ ނުނެގުމަށާއި، އަގުބޮޑު ހަފްލާތަކުގެ ބަދަލުގައި އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަން ދިނުމަށް.
754 ދުވަސް ކުރިން - 20:51
ސައީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ %91 ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެ ކަމަށް. ސައީދު ވިދާޅުވީ ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށް. އަދި މީގެ ސަބަބުން ދިވެހި ރުފިޔާއިން ޗައިނާއިން މުދާ ގަނެވޭނެ ކަމަށްވެސް ސައީދު ވިދާޅުވި.
754 ދުވަސް ކުރިން - 20:49
މާލީ ވުޒާރާއިން ވަނީ ގއ. އަތޮޅުގެ 7 ރަށަކާއި ގދ. އަތޮޅުގެ 2 ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައި.
754 ދުވަސް ކުރިން - 20:42
އިސްލާމީ ޔުނިވަރސިޓީގެ އިންޓަރނޭޝަނަލް ކޮންފަރެންސަށް މިއަހަރު 169 ކަރުދާސް ލިބި، މި އަހަރަކީ މިހާތަނަށް އެންމެ ގިނަ ކަރުދާސް ލިބުނު އަހަރަށް ވެއްޖެ. 9 ވަނަ އަހަރަށް ބޭއްވޭ މޭ މި ކޮންފަރެންސްގައި 85 ބައިނަލްއަޤްވާމީ ކަރުދާސް ހިމެނޭ. އޭގެ ތެރޭގައި ތަޢުލީމީ، ޤާނޫނީ އަދި މެނޭޖްމަންޓް ދާއިރާތަކުން ކަރުދާސް ލިބި، އިނގިރޭސި، ދިވެހި އަދި އަރަބި ބަހުން ވެސް ހުށަހަޅާފައިވާ ކަރުދާސް ހިމެނޭ.
754 ދުވަސް ކުރިން - 20:38
ހުސެންބެ ވިދާޅުވި ގޮތުގައި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ ކުންފުންޏަކަށް ދޭ 7 ބިލިއަން ރުފިޔާއަކީ ރިޝްވަތު ނެގުމަށް ކަމަށް އަހުމަދު އީސާ ބުނެފައިވާ ބުނުމަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް. އަދި އެމްޑީޕީން ވެރިކަމުގައި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ވީ ވަޢުދުތައް ނުފުއްދާ ކަމަށްވެސް ހުސެންބެ ވަނީ ފާހަގަކުރައްވާފައި.
754 ދުވަސް ކުރިން - 20:34
ހުޅުމާލޭގައި 8 ޒޯނަކުން ޖުމްލަ 1,374 ޕޮކެޓް ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ފަށައިފި. މި ޖާގަތައް ދޫކުރެވޭނީ އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މަހަކު 2,000 ރުފިޔާގެ ކުއްޔަކަށް ކަމަށް އެޗްޑީސީން ބުނެފައިވޭ.
754 ދުވަސް ކުރިން - 20:27
މި ޝެލްޓަރ ހަދަމުންދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓުގެ ބިމެއްގައި ކަމަށާއި އިމާރާތުގެ މައިގަނޑު މަސައްކަތްތައް ނިމި، މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމްކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ހާމަކުރެއްވި.
754 ދުވަސް ކުރިން - 17:48
މި ޕްލޭން އެކުލަވާލާނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށާއި އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ލިބޭނެ ގޮތަށް ޚާއްޞަ ޤާނޫނެއް ވެސް އެކުލަވާލެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވޭ.
754 ދުވަސް ކުރިން - 17:43
ތަޢުލީމު ހާޞިލުކުރުމަށް ސަރުކާރުން ދޫކުރާ ލޯނު އަވަސްކުރުމަށްޓަކައި "މައި އެޑިއު ޕޯޓަލް" އޮޓޮމޭޓްކުރުމުގެ މަސައްކަތް ފަށައިފި. މި މަސައްކަތް ނިމުމުން ލޯނު ދޫކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްވެގެންދާނެ ކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވަނީ ބުނެފައި.
754 ދުވަސް ކުރިން - 16:34
ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޓްކޮށްފި, މިއީ ފުލުހުންގެ ޚިދުމަތުގައި އިދާރީގޮތުން ދެވޭ އެންމެ މަތީ ރޭންކު.
754 ދުވަސް ކުރިން - 16:25
މާލޭގެ މިސްކިތްތަކުގެ އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް "ތަޙްސީނުއްތިލާވާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި. ޕްރޮގްރާމުގައި ތަޖުވީދުގެ ހަމަތަކާއި، ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެންވާ ގޮތްތައް ދަސްކޮށްދޭނެ.
754 ދުވަސް ކުރިން - 16:23