އެމްޑީޕީގެ "ދޮގު ބަނދިވަރު" ރައްޔިތުން ދެން ޤަބޫލެއް ނުކުރާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) ވިދާޅުވެއްޖެއެވެ.
ހުސެންބެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ ކުންފުންޏަކަށް ދޭ 7 ބިލިއަން ރުފިޔާއަކީ ރިޝްވަތު ނެގުމަށް ކަމަށް އަހުމަދު އީސާ ބުނެފައިވާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި އެމްޑީޕީން ވެރިކަމުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ވީ ވަޢުދުތައް ނުފުއްދާ ކަމަށްވެސް ހުސެންބެ ވަނީ ފާހަގަކުރައްވާފައެވެ.
"ރައީސް މުޢިއްޒުގެ މަސައްކަތުން ޤައުމު އިސްލާހީ މަގަށް މިސްރާބު ޖެހުމުން، ރައްޔިތުން އެމްޑީޕީގެ ދޮގު ބަނދިވަރު ދެން ގަބޫލެއް ނުކުރާނެ،" ހުސެންބެ ވިދާޅުވިއެވެ.

ހުސެންބެއަކީ ދާއިރާގެ ރައްޔިތުންގެ "ވިންދާ" އެއްގޮތަށް މަސައްކަތްކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަމުން އަންނަ ބިލްތަކާއި އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހަޅާ ކުއްލި މައްސަލަތަކަށް ހުސެންބެ ބަހުސް ކުރައްވަނީ ޖެހިލުން ކުޑަ ކަމާ އެކީގައި ކަން ފާހަގަ ކޮށްލެވެއެވެ.









