މިއީ ސަރުކާރުގެ ކްރިއޭޓިވް އިކޮނޮމީ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެއް. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ގެނައުން ކަމަށް ވަޒީރު ސަޢީދު ވިދާޅުވެފައިވޭ.
754 ދުވަސް ކުރިން - 21:54
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން 19 މަގެއްގައި 7.8 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ތަރައްގީކޮށް މި މަޝްރޫއު ވަނީ ނިމުމަކަށް އައިސްފަ. މި މަޝްރޫއު 79 މިލިޔަން ރުފިޔާގެ ބަޖެޓަކާއެކު ފެށިފަވަނީ 2022ގަ.
754 ދުވަސް ކުރިން - 21:51
މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި، ތަރައްޤީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދޭނެ ވަސީލަތެއް ކަމަށް ބެލެވޭ. މި ރިޕޯޓުގެ ހޯދުންތަކުން ރާއްޖޭގެ ދުރު މުސްތަޤުބަލު ރޭވުމުގައި އެހީތެރިވެދޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވެފައިވޭ.
754 ދުވަސް ކުރިން - 21:46
ސިންގަޕޫރުގެ ޗީ އެނަރޖީގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި، ރާއްޖޭގައި މޮޑިއުލަރ އެލް.އެން.ޖީ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ޤާއިމުކުރުމުގެ ވާހަކަ ދެކެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވޭ.
754 ދުވަސް ކުރިން - 21:42
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ އިޤްތިޞާދީ ކުރިއެރުމުގެ ތަޖުރިބާއިން ދަސްކޮށް، ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދިގު މުއްދަތުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ޕީއެންސީއިން ބުނެފައިވޭ.
754 ދުވަސް ކުރިން - 21:41
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ 2014 ގައި. ނަމަވެސް 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން މި އެއްބަސްވުމަށް ޢަމަލުކުރުން ވަނީ މަޑުޖެހިފައި. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ މިހާރު ވަނީ ފައްޓަވާފައި.
754 ދުވަސް ކުރިން - 21:37
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ލައިބްރަރީއާ އެކު ރަށުގެ ތަރައްޤީ އާއި ތަހުޒީބުގެ ތާރީޚުގެ މުޅިން އައު ސަފުހާއެއް ލިޔެވިގެންދާނެ ކަމަށް. މި ވަގުތު ލައިބްރަރީގައި ތަފާތު އެކި ވައްތަރުގެ 2,000 ފޮތް ހުރި އިރު އިތުރު ފޮތްތައް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި.
754 ދުވަސް ކުރިން - 21:36
ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހަކީ އާންމުން ހޭލުންތެރިކުރުމަށާއި ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ޚިދުމަތްތެރިންގެ މެދުގައި ގުޅުން ހަރުދަނާކޮށް އެއްބާރުލުމަށް ލިބޭ ފުރުޞަތެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވޭ.
754 ދުވަސް ކުރިން - 21:36
މި މަގުޗާޓުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި "ގިރުނބާ ޕޯޓަލް" ހިމެނޭ. މި ޕޯޓަލްގެ ޒަރިއްޔާއިން ރަށްރަށުގެ ފެނަކަ ޚިދުމަތްތަކުގެ ޑޭޓާ ވަގުތުން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މުވައްޒަފުންގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެޗްއާރް ސޮފްޓްވެއަރއެއްވެސް ތަޢާރަފްކުރުމަށް ރޭވިފައިވާކަމަށް ފެނަކައިން ބުނި.
754 ދުވަސް ކުރިން - 21:35
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަމަށް އަޙްމަދު އަލީ ޙަބީބު ޢައްޔަންކުރެއްވުމަށްޓަކައި، ސަރުކާރުން ޕީސީބީ ބޯޑަށް އޭނާގެ ނަން ހުށަހަޅައިފި. ޙަބީބަކީ ބީއެމްއެލްގެ ޗެއަރމަންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ޤާބިލު ބޭފުޅަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާކަމަށް ހީނާ ވިދާޅުވެފައިވޭ.
754 ދުވަސް ކުރިން - 21:15
މަޤާމަށް ޢައްޔަނުކުރެވޭ ފަރާތުގެ މުއްދަތަކީ 5 އަހަރު ދުވަސް ކަމަށާއި، މުސާރައިގެ ގޮތުގައި މަހަކު 47،500 ރުފިޔާ ލިބޭނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ބަޔާންކޮށްފައިވޭ.
754 ދުވަސް ކުރިން - 20:59
މި ޕްލޭނުގެ ސަބަބުން ދިގު މުއްދަތަކަށް ރާވައިގެން ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެކަމަށް ސަރުކާރުން އުންމީދުކުރާ ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ހީނާ ފާހަގަކުރައްވާފައިވޭ.
754 ދުވަސް ކުރިން - 20:57