Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޅުދުއްފުށީގައި އާންމުންނަށް ލައިބްރަރީއެއް ހުޅުވައިފި

ކުޅުދުއްފުށީގައި އާންމުންނަށް ލައިބްރަރީއެއް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު
677 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 21:36
ކުޅުދުއްފުށީގައި ހުޅުވި ލައިބްރަރީ/ ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ކުޅުދުއްފުށީގައި ހުޅުވި ލައިބްރަރީ/ ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް
ޚުލާސާ

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ލައިބްރަރީއާ އެކު ރަށުގެ ތަރައްޤީ އާއި ތަހުޒީބުގެ ތާރީޚުގެ މުޅިން އައު ސަފުހާއެއް ލިޔެވިގެންދާނެ ކަމަށް. މި ވަގުތު ލައިބްރަރީގައި ތަފާތު އެކި ވައްތަރުގެ 2,000 ފޮތް ހުރި އިރު އިތުރު ފޮތްތައް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި.

ކުޅުދުއްފުށި ސިޓީގައި އާންމުންނަށް ހުޅުވާލެވިފައިވާ ލައިބްރަރީއެއް އިއްޔެ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ލައިބްރަރީ ޤާއިމްކޮށްފައިވަނީ މަޢުލޫމާތު ހޯދުމާއި އުނގެނުމަށް ބާރު އެޅުމުގެ މަޤްޞަދުގައެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އާދަމް އަބްދުﷲ ވިދާޅުވި ގޮތުގައި މި ލައިބްރަރީގައި މައިގަނޑު ތިން ބައެއް ހިމެނެއެވެ. އެއީ ފޮތްތައް ބަހައްޓާފައިވާ ސަރަޙައްދާއި، ދެ ސްޓަޑީ ރޫމް އަދި ވެލްނެސް ރޫމެކެވެ. ވެލްނެސް ރޫމަކީ ރަށުން ބޭރުގައި ތިބޭ ކައުންސެލަރުންނަށް އޮންލައިން ކޮންސަލްޓޭޝަން ހެދުމަށް ޚާއްޞަކޮށްފައިވާ ތަނެކެވެ.

Advertisement

Advertisement 1

މި ލައިބްރަރީ ގާއިމްކޮށްފައިވަނީ ކުރިން ލޯކަލް މާރުކޭޓެއް ހެދުމަށް ޕީއެސްއައިޕީގެ ބަޖެޓުން ޢިމާރާތްކޮށްފައިވާ ތަނެއްގައެވެ. ފަހުން ކޮވިޑް-19ގެ ދުވަސްވަރު މި ޢިމާރާތް ބޭނުންކޮށްފައިވަނީ ފްލޫ ކްލިނިކެއްގެ ގޮތުގައެވެ.

އާދަމް އަބްދުﷲ ވިދާޅުވި ގޮތުގައި ޕަބްލިކް ލައިބްރަރީއަކީ ލާމަރުކަޒީ ޤާނޫނުން ވެސް ކައުންސިލަށް ލާޒިމްކުރާ ކަމަކަށްވާއިރު، އަލުން ޢިމާރާތެއް ހެދުމުގެ ބަދަލުގައި މިހާރު ހުރި ޢިމާރާތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބޮޑު ބަދަލެއް ގެނެސް، ލައިބްރަރީއެއް ހެދުމަށް ނިންމީ ކަމަށެވެ.

މީގެ އިތުރުން، މި ޢިމާރާތުގައި މިއުޒިއަމެއް އަދި އޮސްޓްރޭލިއާ ހައި ކޮމިޝަނާ ގުޅިގެން ޒުވާނުންނަށް ޚާއްޞަކޮށްގެން މެންޓަލް ހެލްތު ސެންޓަރެއް ވެސް ހުޅުވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ހޮސްޕިޓަލް ކައިރީގައި ހުންނަ މި ޕަބްލިކް ލައިބްރަރީ ހުޅުވާފައި ހުންނާނީ ހަފުތާގެ ފަސް ދުވަހު، ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އަދި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ. ހޮނިހިރު ދުވަހަކީ ރަށަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ދުވަހަކަށް ވާތީ، އެ ދުވަހުގެ ދުވާލު ވެސް ލައިބްރަރީ ހުޅުވާފައި ހުންނާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

މި ވަގުތު ލައިބްރަރީގައި ތަފާތު އެކި ވައްތަރުގެ 2,000 ފޮތް ހުރި ކަމަށާއި އިތުރު ފޮތްތައް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ލައިބްރަރީއާއެކު ރަށުގެ ތަރައްޤީ އާއި ތަހުޒީބުގެ ތާރީޚުގެ މުޅިން އައު ސަފުހާއެއް ލިޔެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ހަމައެކަނި ފޮތްތަކެއް ލާފައި ހުރި ޢިމާރާތެއް ނޫން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"މިރޭ ހުޅުވިގެން މި ދިޔައީ މައުލޫމާތާއި އިލްމުގެ ބޮޑު ޚަޒާނާއެއް. މިރޭ ހުޅުވިގެން މި ދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް މީހުން ބިނާކުރާނޭ އެދުރުގެއެއް. މިރޭ މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަޤުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް." މޭޔަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ރަޖިސްޓްރީގައި 10,000 މީހުން ތިބި ނަމަވެސް، ބިދޭސީންނާއި ކިޔަވަން ބަދަލުވި މީހުންނާ އެކު ރަށުގައި 13,000 އިން 15,000 އާ ދެމެދުގެ އަދަދެއްގެ މީހުން ދިރިއުޅެއެވެ.

މި ލައިބްރަރީ ހުޅުވުމަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ޚިދުމަތަކަށް ވާއިރު، މިއީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި، މަޢުލޫމާތު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މި ލައިބްރަރީގެ ސަބަބުން ރަށުގެ ޒުވާނުންނާއި ކުދިންނަށް ކިޔެވުމަށާއި ދިރާސާކުރުމަށް ފުރުޞަތުތައް ހިވެގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

ކުޅުދުއްފުށި ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ހޯދުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް އެ ސިޓީއަށް ބާލައިފި

ކުޅުދުއްފުށީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 1200 ކިލޯވޮޓުގެ އާ ޖެންސެޓެއް ގެންގޮސްފި

13 ދުވަސް ކުރިން - 22:01

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

މާލި ޕެރޭޑުގައި "މީމް"އެއްގެ ގޮތުގައި ހިމެނުމަކީ ލިބުނު މެޑަލްއެއް: މުންދު

59 ދުވަސް ކުރިން - 00:16

ރަމަޟާން މަހުގެ ފަހު ދިހައިގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ހިލޭ އަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި އަތުލައިގަނެފި

އާތިފް ހިލޭއަންހެނަކާއެކު ކާރެއްގެ ތެރޭގައި އޮއްވައި ނެރެލައިފި

130 ދުވަސް ކުރިން - 13:57

ކުޑަ އަންހެން ކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

ކުޑަކުއްޖަކަށް ކުޅުދުއްފުށީ ދެމީހަކު ޖިންސީ ގޯނާ ކޮށްފި

164 ދުވަސް ކުރިން - 21:09

ކުޅުދުއްފުށީ ފިހާރަތަކަށް ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފޭކު ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

175 ދުވަސް ކުރިން - 12:17

ކުޅުދުއްފުށީ ހޮސްޕިޓަލަށް އިތުރުކުރާ އާ ފެސިލިޓީ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޭއާރްއެޗްގެ އާ ފެސިލިޓީ އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

180 ދުވަސް ކުރިން - 22:29