ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) ގެ މަތީ ފަންތީގެ ވަފުދެއް ޗައިނާގެ ވެރިކަންކުރާ ޕާޓީ، ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ދައުވަތަކަށް ޗައިނާއަށް ފުރައިފިއެވެ.
ޕީއެންސީއެންސީން މަޢުލޫމާތު ދިންގޮތުގައި މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދައުވަތަކަށް ކުރާ ދަތުރެކެވެ.
މި ދަތުރުގައި ޕީއެންސީގެ ވަފުދުގެ އިސްވެރިޔަކީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނެވެ. ދަތުރުގެ ތެރޭގައި ވަފުދުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތްކޮށް، އެކި ސިނާއަތްތަކުގެ ތަޖުރިބާ ބަލާނެކަމަށް ޕީއެންސީން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ އިސްވެރިންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ޗައިނާގެ އިޤްތިޞާދީ ކުރިއެރުމުގެ ތަޖުރިބާއިން ދަސްކޮށް، ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. މި ދަތުރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދިގު މުއްދަތުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ދަތުރެއްކަމަށްވެސް ޕީއެންސީން ބުންޏެވެ.









