Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 20 ސެޕްޓެންބަރު 2026 12:34
އަތުލާގަނެފަވާ މަސްތުވާތަކެތި / ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
އަތުލާގަނެފަވާ މަސްތުވާތަކެތި / ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް
ޚުލާސާ

މަސްތުވާތަކެތީގެ ވިޔަފާރި ފަންޑުކުރާ މީހުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެހެންނާއި، އެފަދަ މީހުންގެ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް ގާނޫނަށް ބަދަލުގަނެސް، މާލީ މަދަދުގާރުންނަށް ފިޔަވަޅު އަޅަން ފަށައިފި.

މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ ފަހަތުގައި ތިބެގެން އެ ވިޔަފާރިއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެހެންނާއި، އެފަދަ ފަރާތްތަކުން ހޯދާފައިވާ ހުރިހާ މުދަލަކާއި ފައިސާއެއް ދައުލަތަށް ނެގޭނެ ގޮތަށް ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ މި ވަނާ ހުއްޓުވުމަށް މި ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމުގައި ކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. އިހްސާން މިހެން ވިދާޅުވީ ޕީއެންސީ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ފަންޑުކުރުމާއި، އެކަމަށް އެހީތެރިވުން ޖިނާއީ ބޮޑު ކުށަކަށް ހަދައި، އަދަބުތައް ވަރުގަދަކުރީ 3 ޑިސެމްބަރު 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މާރިޗު 2026 ގައި ޢަމަލުކުރަން ފެށި މަސްތުވާތަކެތީގެ ޤާނޫނުގެ 3 ވަނަ އިޞްލާޙުގެ ދަށުންނެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ވަބާ މުޅިން ނައްތާލެވޭނީ މި ވިޔަފާރީގެ ފަހަތުގައި ތިބެގެން ބޮޑެތި ފައިދާތައް ހޯދަމުންދާ "މާލީ މަދަދުގާރުން" ނުވަތަ ފައިނާންސްކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެންނެވެ. ގާނޫނަށް ގެނެވުނު މި ބަދަލާއެކު، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާފައިވާ ކޮންމެ މުދަލަކާއި ފައިސާއެއް ދައުލަތަށް ނެގުމުގެ ފުރިހަމަ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ހާއްސަ 508 އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން 23 މައްސަލައެއް މާލީ ކުށްތަކާއި ނުވަތަ "މަނީ ލޯންޑަރިންގ" މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެވި، ހާއްސަ ތަހުގީގުތަކެއް ވަނީ ހިންގާފައެވެ. މިއީ މަސްތުވާތަކެތީގެ ކުށްތަކުގެ މާލީ މުއާމަލާތްތައް ހުއްޓުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ގާނޫނު ތަންފީޒުކުރުމުގެ ދާއިރާ ކުރިއަށްވުރެ ވަރުގަދަކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ދެން ސަލާމަތްނުވެވޭނެ ގޮތަށް ފިޔަވަޅުތައް ވަރުގަދަކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަށް ކުރެވޭ މަސައްކަތުގައި އެޅުނު ތާރީހީ ގާނޫނީ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ޕީއެންސީޕީއެންސީ ކޮންގްރެސް2026މަސްތުވާތަކެތިމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮމެއް އޮތް ކަމަށް ބުނެ ސަމާސާ ކުރި މިސްރުގެ ފަތުރުވެރިއަކު އެއަރޕޯޓުން ހައްޔަރުކޮށްފި

ބޮމެއް އޮތްކަމަށް ބުނި ސަމާސާކުރި ފަތުރުވެރިޔެއް އެއާޕޯޓުން ހައްޔަރުކޮށްފި

1 ގަޑިއިރު ކުރިން - 13:18

މަސްތުވާތަކެތީގެ "ބޮޑުން" އަތުލައިގަނެ، މާލީ މަންފާތައް ބަންދުކުރަނީ: މިނިސްޓަރު އިޙްސާން

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

1 ގަޑިއިރު ކުރިން - 13:13

ސީރިއަލް ޕެކެޓްތަކެއްގައި ފޮރުވައިގެން 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު 6 ބިދޭސީއަކު ހައްޔަރުކޮށްފި

3.8 މިލިއަން ރުފިޔާ ބޭރުކުރަން އުޅުނީ ސީރިއަލް ޕެކެޓުތަކުގައި ފޮރުވައިގެން

1 ގަޑިއިރު ކުރިން - 13:13

ކުރު މުއްދަތެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި ވިއްކާ 11 ތަނެއް ބަންދުކޮށްފި

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

2 ގަޑިއިރު ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

2 ގަޑިއިރު ކުރިން - 12:35

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

ކުރުމުއްދަތެއްގެތެރޭ އެހެން ސަރުކާރަކުން އަތުނުލާވަރަށް މިސަރުކާރުން މަސްތުވާތަކެތި އަތުލައިފި

2 ގަޑިއިރު ކުރިން - 12:33