މާލޭގެ އިމާމުންނަށް ޤުރުއާން ކިޔެވުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށައިފި

އާނާ ފަހީމް | 439 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2024 16:23
ފޮޓޯ: އިސްލާމީކަންތަކާބެހޭ ވުޒާރާ
ފޮޓޯ: އިސްލާމީކަންތަކާބެހޭ ވުޒާރާ
ޚުލާސާ

މާލޭގެ މިސްކިތްތަކުގެ އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް "ތަޙްސީނުއްތިލާވާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި. ޕްރޮގްރާމުގައި ތަޖުވީދުގެ ހަމަތަކާއި، ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެންވާ ގޮތްތައް ދަސްކޮށްދޭނެ.

މާލޭގެ މިސްކިތްތަކުގެ އިމާމުންނަށް ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް "ތަޙްސީނުއްތިލާވާ" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި 17 އިމާމުން ބައިވެރިވާއިރު، ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ހަފްތާގެ މުއްދަތަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:00 އަށް އިސްލާމީ މަރުކަޒުގައެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އަލްޤާރީ މުޙައްމަދު އަސްލަމާއި އައްޝައިޚް ނަސްރުﷲ ޢަލީއެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި ޕްރޮގްރާމުގައި ތަޖުވީދުގެ ހަމަތަކުގެ މަތިން ޤުރުއާން ކިޔެވުމަށާއި ޤުރުއާން ކިޔެވުމުގައި އަޑާއި ރާގު ގެންގުޅެގުޅެންވާ ގޮތްތައް އިމާމުންނަށް ދަސްކޮށްދޭނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނަށް ޚާއްސަކޮށްގެންވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެ މަރުކަޒުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%