އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން، އުމުރުން އެންމެ 15 އަހަރުގައި ކީރިތި ޤުރުއާން އެއްކޮށް ކިޔަވައި ވިދާޅުވި ކަމަށް ބިލް ކްލިންޓަން ވިދާޅުވި ކަމަށް ބުނެ މީޑިއާގައި ހަބަރުތަކެއް ފެތުރެން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގޮތުގައި، ކްލިންޓަން މިހެން ވިދާޅުވީ ފްލޮރިޑާގައި ބޭއްވުނު ކެމްޕޭން ހަރަކާތެއްގައެވެ. ޗެލްސީ ކްލިންޓަން ފުރާވަރުގެ އުމުރުގައި ކީރިތި ގުރުއާން ފެށުނީއްސުރެ ނިޔަލަށް އެއްކޮށް ކިޔަވައި ވިދާޅުވެ ނިންމަވާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ފެބްރުއަރީ 1980 ގައި އުފަންވި ޗެލްސީގެ އުމުރުން 15 އަހަރު ފުރުނީ 1995 ވަނަ އަހަރު، އެކަމަނާގެ ބައްޕާފުޅު ބިލް ކްލިންޓަން އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރު އަދާކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ.
މި ވާހަކަތަކަކީ މިނިވަން އެއްވެސް މަސްދަރަކުން ކަށަވަރުކުރެވިފައިވާ މައުލޫމާތެއް ނޫނެވެ. އަދި ބިލް ކްލިންޓަން މިފަދައިން ވިދާޅުވި ކަމަށް ބުނާ ބަޔާނުގެ އެއްވެސް އަސްލު ރެކޯޑިންގެއް ނުވަތަ ރަސްމީ ލިޔުމެއް ހިމަނާފައެއް ނުވެއެވެ.


