Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 10 ޖުލައި 2026 13:00
ކީރިތި ގުރުއާން---
ކީރިތި ގުރުއާން---
ޚުލާސާ

ގުރްއާނަކީ ހުރިހައި ހެޔޮކަމެއްގެ އަސްލުކަމާއި، އެ ފޮތުގެ އަކުރަކަށް ދިހަ ޘަވާބު ލިބޭނެކަން ހުތުބާގައި ފާހަގަކުރި. ގުރްއާން ކިޔަވާ މީހުންގެ ވަށައިގެން މަލާއިކަތުން ހާސިރުވެ، މާތް ﷲގެ ރަޙުމަތް އެބައިމީހުންނަށް މިންވަރުކުރައްވާނެ. މީގެއިތުރުން، ގުރްއާނަކީ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ އަސާސްކަމަށް ހަނދާންކޮށްދެއްވި.

ކީރިތި ޤުރްއާނަކީ އިންސާނާގެ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ މާތް އަޅުކަމެއް ކަމަށާއި، އެއީ ޖިސްމާނީ އަދި ނަފުސާނީ ބަލިތަކަށް އޮތް މަތިވެރި ޝިފާއެއްކަން މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފިއެވެ.

މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތި ގުރުއާން ތިލާވަތުކުރުމުގެ މަތިވެރިކަމުގެ މައްޗަށެވެ. ހުތުބާގައި ބަޔާންކުރި ގޮތުގައި، އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ގުރްއާނެވެ. އެއީ ކޮންމެ ހެޔޮކަމަކާއި ބާއްޖަވެރިކަމެއްގެ އަސްލު ކަމަށާއި، ހުރިހައި ކާމިޔާބީއެއްގެ ސިއްރަކީ ވެސް އެ ފޮތެވެ.

"އެ ފޮތުގެ އުސޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް،" މާތް ﷲގެ ވަހީބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

ކީރިތި ގުރުއާން ކިޔަވައި އެއަށް ޢަމަލުކުރާ މީހާއަށް ގިޔާމަތް ދުވަހު އެ ފޮތް ޝަފާއަތްތެރިވާނެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ގުރްއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ ސަވާބު ލިބޭނެ ކަމަށެވެ. އަދި ގުރްއާން ކިޔަވައި އެ އުނގެނި އުނގަންނައިދޭ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ހާސިރުވެ، އެބައިމީހުންނަށް ރަހުމަތްލެއްވުމަށް އެދި ދުއާކުރައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ގުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫހަށާއި، ހިތަށް ނުހަނު ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ. އިމާމް އިބްނުލް ގައްޔިމްގެ ބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނީ، ހިތުގެ ބާރުގަދަވީ ވަރަކަށް ހަށިގަނޑުގެ ބާރާއި ދިރުން ވެސް އިތުރުވާނެ ކަމަށެވެ. އަދި ޒިކުރުކުރުމުން އިންސާނާއަށް ލިބޭ ބާރުވެރިކަމުގެ ސަބަބުން، ކުރިން އުނދަގޫވާނެ ކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީގު ލިބޭނެއެވެ.

ގުރުއާން ކިޔެވުމުގައި ފަރިތަ މީހުންނާއި، އުނދަގުލާއެކު އަޅައަޅައިގަނެގެން ކިޔަވާ މީހުންނަށް ވެސް މާތް ﷲގެ ހަސުރަތުން މަތިވެރި ދަރުމަ ލިބޭނެކަން ހުތުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން އުނދަގުލާއެކު ކިޔަވާ މީހާއަށް ދެ ދަރުމަ ހުރިކަން ރަސޫލާގެ ހަދީޘްފުޅުން އެނގެން އޮތްކަން ފާހަގަކުރިއެވެ.

ހުތުބާގައި ނިންމާލަމުން ވަނީ، ހުރިހައި ހެޔޮކަމެއް ވަނީ މާތް ﷲގެ ފޮތުގައި ހިފެހެއްޓުމާއި އެ ފޮތް މަތިވެރިކުރުމުގައި ކަމަށްވާތީ، ގުރުއާނަށް ތަގުވާވެރިވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ. އަދި އެ ފޮތް ދޫކޮށްލުމަކީ ހުރިހާ ނުބައިކަމެއްގެ އަސްލުކަމުގައި ވެސް ބަޔާންކުރިއެވެ.

ކީރިތި ޤުރްއާންހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ އަދި ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރުން ދަސްވެނިވެއްޖެ

14 ގަޑިއިރު ކުރިން - 16:21

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

16 ދުވަސް ކުރިން - 08:17

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

23 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

30 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

37 ދުވަސް ކުރިން - 12:54

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް  ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

39 ދުވަސް ކުރިން - 13:50