Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ: މެޑަމް ސާޖިދާ

ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ: މެޑަމް ސާޖިދާ

ހުސައިން އިސްމާއިލް
92 ދުވަސް ކުރިން - 23 އޭޕްރިލް 2026 08:25
ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ.
ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ޤުރުއާނަށް އޮންނަ ލޯތްބާއި އިޚްތިރާމް އިތުރުކުރަންޖެހޭ

ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޤުރްއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއް ކަމަށާއި، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް އޮންނަ ލޯތްބާއި އިޚްތިރާމް އިތުރުކޮށް، އެ ފޮތުގެ އުނގަންނައިދިނުންތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

Advertisement

Advertisement 1

އެކަމަނާ މިހެން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކީރިތި ޤުރުއާނަކީ ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކަންދޭންޖެހޭ މަޞްދަރު ކަމަށެވެ. އަދި ދިވެހި މުޖުތަމައަކީ އިސްލާމީ ރަނގަޅު އަޚްލާޤުގެ މަތީގައި ބިނާވެފައިވާ މުޖުތަމައަކަށް ހެދުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި ޖެއްސުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ބޮޑު މަސްއޫލިއްޔަތެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވެމްކޯ މުވައްޒަފުންގެ ދެވަނަ ޤުރްއާން މުބާރާތް 1447 ގެ، މުޅި މުބާރާތުން 1 ވަނަ އަށް ހޮވުނު ފަރާތަށް ފައިސާގެ އިނާމު ޙަވާލުކުރުން.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މުޅި މުބާރާތުން 1 ވަނަ އަށް ހޮވުނު ފަރާތަށް ފައިސާގެ އިނާމެއް ޙަވާލުކުރުން

މި ސަރުކާރުން ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން ހާމަކުރައްވަމުން އެކަމަނާ ވިދާޅުވީ، ޤުރުއާން އުނގަންނައިދޭ މަރުކަޒުތައް އިތުރުކޮށް، ޤުރުއާން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޤުރުއާނުގެ ޢިލްމު ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.

ވެމްކޯމެޑަމް ސާޖިދާ މުހައްމަދުކީރިތި ޤުރްއާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

13 ދުވަސް ކުރިން - 13:00

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

33 ދުވަސް ކުރިން - 00:19

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

35 ދުވަސް ކުރިން - 16:32

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

39 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

75 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

79 ދުވަސް ކުރިން - 15:25