ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ރައީސް މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ޖީބަށް ބުރަނުވާ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ.
724 ދުވަސް ކުރިން - 21:29
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަށްޓަވައިދެއްވި، 20 އަހަރު ދުވަހުގެ އެއާޕޯޓު ތަރައްޤީގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެއް.
724 ދުވަސް ކުރިން - 21:03
އެމްއާރްއެމް އުވާލުމުގެ މަސައްކަތް ފެށިފައިވާއިރު، އެމްއާރްއެމްގެ އެއްވެސް ދަރަންޏެއް އޮތްނަމަ އެކަން ހުށަހެޅުމަށް އީސީން ވަނީ އިއުލާނުކޮށްފައި.
724 ދުވަސް ކުރިން - 20:16
ރާއްޖޭގައި ވޭޕް މަނާކުރުމަށް ގެންނަ އިސްލާޙުތަކުގެ ތެރޭގައި ކުޑަކުދިންނަށް ވޭޕް ވިއްކުމާއި ދިނުން މަނާކޮށް، 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުށަހަޅައިފި. މީގެ އިތުރުން ވޭޕް ބޭނުންކުރުމާއި ވިއްކުމަށްވެސް ޖޫރިމަނާ ކަނޑައަޅައިފައިވޭ.
724 ދުވަސް ކުރިން - 17:50
މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގެ އުތުރުފަރާތު ފަރަށް އެރި ދެ އުޅަނދުގެ ސަބަބުން، ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އުޅަނދުތަކުގެ ވެރިފަރާތް 29 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި.
724 ދުވަސް ކުރިން - 17:28
ހީނާ ވަލީދު ވަނީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާކަމަށް ބުނެ ފެތުރޭ މަޢުލޫމާތު ދޮގުކުރައްވައި، ނޫސްވެރިންނަށް ޒިންމާދާރުކަމާއެކު ޙަޤީޤަތް ހޯދުމަށް ގޮވާލައްވައިފި.
724 ދުވަސް ކުރިން - 16:54
އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސް މުޙައްމަދު މުޢިއްޒު ނިންމަވައިފި. މި ބަދަލާއެކު މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ.
724 ދުވަސް ކުރިން - 16:52
ފިރިހެންމީހާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަސް. ތައިލެންޑުގެ 3 އަންހެނުން 10 ދުވަހަށް ބަންދުކުރިއިރު އަނެއް 3 ދިވެހި އަންހެނުން 7 ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމި
724 ދުވަސް ކުރިން - 15:42
އިސްތިއުފާ ދިން ސަބަބު އަދި ހާމަކޮށްފައި ނުވާއިރު އޭނާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުވަސްވަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދެވި ތަޖުރިބާކާރު ޢިލްމީ މީހެއް.
724 ދުވަސް ކުރިން - 15:40
އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައިފާސްކޮށް، ޤަވާޢިދާ ޚިލާފަށް އުޅެމުން އައި ހަތް ބިދޭސީ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް.
724 ދުވަސް ކުރިން - 13:45
މި ކޯހުގައި، ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ގިނަ ސްކޫލުތަކަކުން 24 ކެޑޭޓުން ވަނީ ބައިވެރިވެފައި. 10 ދުވަހަށް ކުރިއަށް ގެންދާ މި ކޯހުގެ ތަމްރީނުގެ ބަައިތައް ކުރިއަށްގެންދާނީ ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި.
724 ދުވަސް ކުރިން - 13:33
ފުލުހުން ބުނީ އެމީހާ ގަސްތުގައި ކުޑަ ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކުރަމުން އަންނަ ކަމަށާއި މި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ދޭކަމަށް.
724 ދުވަސް ކުރިން - 13:25