ހުޅުމާލޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދިވެހިންތަކެއް ހައްޔަރުކޮށްފިއެވެ.
ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ސްޕާއެއްގެ ނަމުގައި ހިންގާ ތަނަކަށް ފުލުހުން ވަދެ ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި 3 އަންހެނުންގެ އިތުރަށް ދިވެހި ފިރިހެނަކާއި 3 ބިދޭސީ އަންހެނުންވެސް ހިމެނެއެވެ.
މި 7 މީހުން ބަންދުކޮށްފައިވާއިރު ފިރިހެންމީހާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ. ތައިލެންޑުގެ 3 އަންހެނުން 10 ދުވަހަށް ބަންދުކުރިއިރު އަނެއް 3 ދިވެހި އަންހެނުން 7 ދުވަސް ހަސް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނިންމިއެވެ.
މިމައްސަލައިގައި ހިމެނޭ ފިރިހެން މީހާއަކީ އެ ވިޔަފާރި ހިންގާ މީހާ ކަމަށް ތުހުމަތުކުރެވޭއިރު ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









