ހައުސިން ޑެވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗީފް ފައިނޭންޝަލް އޮފިސަރު އަޙްމަދު ޝާމް އޭނާ އަދާކުރަމުން ގެންދިޔަ މަޤާމުން އިސްތިއުފާ ދީފިއެވެ.
އޭނާ އިސްތިއުފާ ދިން ސަބަބު އަދި ހާމަކޮށްފައި ނުވާއިރު އޭނާއަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދުވަސްވަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދެވި ޢިލްމީ މީހެކެވެ.
ޝާމަކީ މީގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްޕީއެލް)ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރުކަމާއި ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސްގެ މަޤާމު ވެސް އަދާކުރި މީހެކެވެ.
އަޙްމަދު ޝާމްހެ އިސްތިއުފާއާ ގުޅިގެން އެޗްޑީސީން މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ.
ޝާމް އަކީ އިނގިރޭސިވިލާތުން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.









