މިފަދަ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނޭ.
723 ދުވަސް ކުރިން - 17:10
ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ މަޖިލީހަށް ހުށަހެޅުއްޅުއްވުމުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މިކަމަށް ރުހުން ދީފައިވޭ.
723 ދުވަސް ކުރިން - 16:54
މި ދެ ބިލަކީ ރާއްޖެއިން ބޭރަށް ފުރާ ބިދޭސީންގެ އަތުން ނަގާ އެއާޕޯޓް ފީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި، ގްރީން ޓެކްސް ދެ ގުނަ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް.
723 ދުވަސް ކުރިން - 16:41
އެމްޑީޕީން ދޮގު ވާހަކަތައް ފަތުރާތީ މެމްބަރު ޔަޤީންކަން ދެއްވީ އިކޮނޮމީ ކުލާޙުން ދަތުރުކުރާ އެއްވެސް ދިވެއްސެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، މިބިލަކީ އެއާޕޯޓް ތަރައްޤީކުރަން ހުށަހެޅި ބިލެއް ކަމަށް.
723 ދުވަސް ކުރިން - 16:24
މި ޕެނަލް ޑިސްކަޝަނަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާގައި ހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފުރުޞަތެއް ކަމަށް މިނިސްޓްރީން ހާމަކުރި.
723 ދުވަސް ކުރިން - 15:47
އެކްސިޑެންޓުތައް ގިނަވެ ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ޚާއްސަ ސަމާލުކަމެއް އެޗްޑީސީއިން ދަނީ ދެމުން. ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ހަދާ ބައެއް ސަރަހައްދުތަކުގައި ރައުންޑަބައުޓް ވަނީ ގާއިމްކޮށްފަ.
723 ދުވަސް ކުރިން - 13:05
އިސްރާއީލުގެ ޕާސްޕޯޓު ހިފައިގެން ރާއްޖެއަށް ނުވަދެވޭގޮތް ހެދުމަށް ގެންނަންޖެހޭ ޤާނޫނީ އިޞްލާޙުތައް އަވަސްކުރުމަށް ޕީއެންސީން ގޮވާލައިފި. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ސަރުކާރުގެ ނިންމުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ބުނެފައިވޭ.
723 ދުވަސް ކުރިން - 11:02
ރައީސްގެ ވޭޕް މަނާކުރުމަކީ ޒުވާނުންގެ ތެރޭގައި ވެޕް ބޭނުންކުރުން އިތުރުވުމާއި ސިއްހީ ނުރައްކާތެރިކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ ތައުރީފުކުރާ ކަމެއް..
723 ދުވަސް ކުރިން - 10:11
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ހުޅުމާލޭގައި ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލް ބިނާކުރުމުގެ އެއްބަސްވުމުގައި މެލޭޝިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފި. މި ހޮސްޕިޓަލަކީ ތެލެސީމިއާ ކުދިންނަށް ޚާއްޞަކޮށްގެން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ފުރަތަމަ ހޮސްޕިޓަލް.
723 ދުވަސް ކުރިން - 09:52
ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީކުރާ ތެލެސީމިއާ ހޮސްޕިޓަލާއެކު ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުވެގެންދާނެ ކަމަށް.
723 ދުވަސް ކުރިން - 09:28
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން "ޗައިނީސް އެންބެސެޑަރ ބަރސަރީ" ޕްރޮގުރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާ 32 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި.
723 ދުވަސް ކުރިން - 09:14
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގައި، ބަންދުގައިވާ ހަތަރު ފަރާތެއްގެ ދިފާއީ ވަކީލުން، ހައިކޯޓުން އެހެން ފަރާތެއްގެ ބަންދު ޤާނޫނާ ޚިލާފަށް ކަނޑައެޅި ކަމަށް ނިންމި ނިންމުމަށް ރިޢާޔަތްކޮށް، އެ ހަތަރު ފަރާތް ވެސް ބަންދުން ދޫކުރުމަށް އެދިފައިވޭ
724 ދުވަސް ކުރިން - 22:23