ޑަބްލިޔުއެޗްއޯ އިން ރައީސްގެ ނިންމެވުމަށް ތާއީދުކޮށްފި

އުސްތާޛް އަލީ އާދަމް | 415 ދުވަސް ކުރިން - 16 އޮކްޓޯބަރު 2024 10:11
ޚުލާސާ

ރައީސްގެ ވޭޕް މަނާކުރުމަކީ ޒުވާނުންގެ ތެރޭގައި ވެޕް ބޭނުންކުރުން އިތުރުވުމާއި ސިއްހީ ނުރައްކާތެރިކަން ފާހަގަކޮށް ޑަބްލިއުއެޗްއޯ ތައުރީފުކުރާ ކަމެއް..

ރާއްޖެއަށް އަށް ވެޕިންގ ޕްރޮޑަކްޓްތައް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކެރިގެން ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ތާއީދު ލިބިއްޖެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ވޭޕް މަނާކުރުމަކީ އާންމު ސިއްހަތު ހިމާޔަތް ކުރުމަށް އެޅި ބޮޑު ފިޔަވަޅެއްގެ ގޮތުގައި ދެކެވޭ ކަމެއް ކަމަށާއި ހާއްސަކޮށް ޒުވާނުންގެ ތެރޭގައި އީ-ސިނގިރޭޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް ޑަބުލިޔުއެޗްއޯއާއި އެކި ޤައުމުތަކުން ރައީސްގެ ނިންމެވުމަށް ތައުރީފް އެބަ ލިބެއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޑަބްލިޔުއެޗްއޯ އިން ވަނީ އެ ނިންމުމަށް ތައުރީފުކޮށް، މި ސަރަހައްދުގައި އީ-ސިނގިރޭޓް ފެތުރުން އިތުރުވަމުންދާ މިންވަރު މަދުކުރުމަށް މުހިންމު ނިންމުމެއް ކަމަށް ބުނެފަ އެވެ.

ޑަބްލިޔުއެޗްއޯއިން މިކަން ހާމަކޮށްފައިވަނީ އެ ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ޚައްސަ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އަދި ޑަބްލިޔުއެޗްއޯއިން ވަނީ 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބަކޯ ސާރވޭގެ ތަފާސްހިސާބުތަކާ ހަވާލާދީ ، ދިވެހިރާއްޖޭގެ 13 އަހަރާއި 15 އަހަރާ ދެމެދުގެ %23.1 ފިރިހެން ކުދިންނާއި %10.7 އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކުރާކަން ހާމަކޮށްފައެވެ. މިއީ މި ސަރަހައްދުގައި ނިކޮޓީން އާއި ދުންފަތުގެ އެހެން ގެއްލުން ހުރި ބާވަތްތައް ބޭނުންކުރުން އިތުރުވަމުންދާތީ ބޮޑު ކަންބޮޑުވުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%